ހިފާ ރޯދައިގެ ދަރުމަ އިތުރުކުރަން ބޭނުންވާ މީހުންނަށް އެކަން ޙާޞިލުކުރެވޭނެ އެންމެ ލުއިފަސޭހަ ޢަމަލު: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ހިފާ ރޯދައިގެ ދަރުމަ އިތުރުކުރަން ބޭނުންވާ މީހުންނަށް އެކަން ޙާޞިލުކުރެވޭނެ އެންމެ ލުއިފަސޭހަ ޢަމަލު: ޝައިޚް އަބޫބަކުރު ޒައުދު

ކޮންމެ މީހަކުވެސް އެދޭނީ އެމީހާ ހިފާ ރޯދަ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވައި ވީހައި ގިނަ ދަރުމަ ދެއްވެވުމެވެ. ހިފާ ރޯދައިގެ ދަރުމަ އިތުރުވުމަށް އެދޭމީހާ ޛިކުރުކުރުން ގިނަކުރާށެވެ. ޛިކުރުކުރުން ގިނަކުރުމަކީ ހީފާ ރޯދައަށް ﷲ ތަޢާލާ ދެއްވަވާ ދަރުމަ އިތުރުކުރައްވަވާ ކަމެއްކަން ޙަދީޘްފުޅުން އެގެން އެބަ އޮތެވެ.

سُبْحَانَ اللّهِ وَ بِحَمْدِهِ

لا اِلهَ اِلَّا اللّهُ وَحْدَهُ لا شَرِيكَ لَهُ ، لَهُ الْمُلْكُ وَ لَهُ الْحَمْدُ وَ هُوَ عَلَى كُلِّ شَيْءٍ قَدِيرٌ –

އެންމެ މަތިވެރިކަން ބޮޑު ޛިކުރަކީ ކީރިތި ޤުރްއާން ކިޔެވުމެވެ. ވީމާ ކީރިތި ޤުރްއާން ކިޔެވުމުގެ އިތުރުން މިފަދަ މަތިވެރިކަން ބޮޑުވެގެންވާ ޛިކުރުތައް ކިޔުން ގިނަކުރާށެވެ! މިފަދަ ޛިކުރުތަކަކީ ދޫމައްޗަށް ފަސޭހަ އެންމެން ހިތުދަސް ޛިކުރުތަކެވެ. ވީމާ ގޭތެރޭގެ މަސައްކަތުގައި އުޅޭއިރުވެސް އަދި އޮފީހުގައި މަސައްކަތްކުރަމުންވެސް ވީވަރަކުން ޛިކުރުކޮށް ވީހައި ގިނައިން ޛިކުރުކުރަން މަސައްކަތްކުރާށެވެ.

ބައެއް މީހުންނަށްވާ ގޮތަކީ ރަމަޟާން މަސް އައުމުން ޛިކުރުކުރުމާއި ދުރުހެލިވެވެނީއެވެ. ޤުރްއާން ކިޔެވުމަށް އިސްކަންދީފައި ޢާންމުކޮށް ކިޔާ ޛިކުރުތައްވެސް ނުކިޔެނީއެވެ. އެހެން ނުހަދާށެވެ. ވީހައި ގިނައިން ޤުރްޢާން ކިޔަވާށެވެ. ޤުރްއާން ނުކިޔެވޭ ވަގުތުގައި ޛިކުރުކުރުން ގިނަކުރާށެވެ.

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން