ހަމައެކަނި އަޅުކަން ކުރުމަކުން ނުފުދެއެވެ! ކުރި އަޅުކަން ޤަބޫލުފުޅު ކުރެއްވެވުން އެދި މިފަދަ ދުޢާއެއްވެސް ކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ހަމައެކަނި އަޅުކަން ކުރުމަކުން ނުފުދެއެވެ! ކުރި އަޅުކަން ޤަބޫލުފުޅު ކުރެއްވެވުން އެދި މިފަދަ ދުޢާއެއްވެސް ކޮށްލާށެވެ!

މުސްލިމުން އަބަދުވެސް އަޅުކަން ކުރެއެވެ. ރަމަޟާން މަސް އައުމުން އަޅުކަންކުރުން ގިނަކުރެއެވެ. ސަބަބަކީ ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް އެކަމުން ކުރަންވާ ފައިދާ ލިބިގަނެވޭނީ ކުރި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވައިފިނަމައެވެ. 

އެހެންކަމާއިއެކުވެސް އަޅުކަން ކުރުމަށްފަހު ކުރި އަޅުކަން ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާ ކުރުމަކީ ގިނަ ބައަކު ވަރަށް ބޮޑަށް އިހްމާލްވެފައި އޮންނަ ކަމެކެވެ. އެހެން ނުހަދާށެވެ. އަޅުކަން ކުރުމަށްފަހު ކުރި އަޅުކަން ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާކުރަންވާނެއެވެ. 

ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އަޅުކަމެއް ކޮށްލެވުމުން އެ ހިސާބުން އެކަން އެއޮތީ ނިމިފައި ކަމަށެވެ. އެއީ އެކަން އޮތް ގޮތެއް ނޫނެވެ. އަހަރެމެން ކުރާ އަމަލު ހެޔޮ އަމަލަކަށްވާނީ ﷲ ތަޢާލާ އެ ޢަމަލު ޤަބޫލުފުޅު ކުރެއްވެވުމުންނެވެ. ވީމާ ކުރާ އަޅުކަން ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ. 

މިއީ ބަޤަރާ ސޫރަތުގެ 127 ވަނަ އާޔަތެވެ. މި ދުޢާއަކީ إبراهيم ގެފާނާއި إسماعيل ގެފާނާއި ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި އިރު އެ އަމަލު ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުން އެދިވަޑައިގެން ﷲ ތައާލާއަށް ކުރެއްވެވި ދުޢާއެވެ. 

رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ

"އަޅަމެންގެ ވެރިރަސްކަލާކޮ! އަލަމެންގެ ކިބައިން (މިކަން) ޤަބޫކުރައްވަވައިފާނދޭވެ! ހަމަކަށަވަރުން އިނބަ ރަސްކަލާނގެއީ މޮޅަސް އައްސަވައިވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ!" 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން