ރަމަޟާން މަހުގެ ބޭނުމަކީ މީރުކޮށް ކެއުން ކަމަށް ހަދައިފިމީހަކަށް ރަމަޟާން މަހުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ރަމަޟާން މަހުގެ ބޭނުމަކީ މީރުކޮށް ކެއުން ކަމަށް ހަދައިފިމީހަކަށް ރަމަޟާން މަހުން ކުރާނެ ފައިދާއެއް ނެތް!

ރަމަމާން މަހުގެ ބޭނުން ކަނޑައަޅަނީ އަހުރެމެންނެއް ނޫނެވެ. އެކަން ކަނޑައަޅުއްވަވާފައިވަނީ ﷲ ތަޢާލާއެވެ! އެހެންކަމުން ފުރަތަމަވެސް ބަލައިލަންޖެހޭނީ ﷲ ތަޢާލާގެ ވަޙީބަސްފުޅަށެވެ. ވަޙީބަސްފުޅުގައި އޮތީ ރަމަޟާން މަހުގެ ބޭނުމަކީ މީރުކޮށް ކެއުން ކަމަކަށް ނޫނެވެ. ތަޤްވާވެރިކަން އިތުރުކުރުން ކަމަށެވެ. 

ﷲ ތަޢާލާގެ މިނިންމެވުން ބަދަލެއް ނުކުރެވޭނެއެވެ. ދުނިޔޭގެ އެންމެން އެއްބައިވެގެން ބަދަލުކުރަން މަސައްކަތްކުރިނަމަވެސްމެއެވެ. 

އާނއެކެވެ! ކޮންމެ އަންތބަކުވެސް މީރު ކާތަކެތި ތައްޔާރުކޮށް ދަރިންނަށާއި ފިރިމީހާއަށް މީރު ކާތަކެތިކާންބޯންދޭން ބޭނުންވާނެއެވެ. އަދި ތިމާވެސް ބޭނުންވާނެއެވެ. ނަމާދު ވަގުތު ޖެހުމުން ބަދިގޭގެ ސައްކަތުގަ ނަމަވެސް ނަމާދުނުކޮށް ނުތިބޭށެވެ. ފުރަތަމަކަމަކަށް ނަމާދުކުރާށެވެ! 

އަންހެނުންވެސް އަދި ފިރިހެނުންވެސް ވަގުތު ޖެހުމުން ނަމާދުކުރުމަށް އިސްކަންދޭށެވެ! ދަރިން ލައްވައި ވެސް ނަމާދުކުރުވާށެވެ! ދަރިންނާއި ޢާއިލާގެ މީހުން ނަރަކައިން ސަލާމަތްކުރަން އޮތް ނަބަވީ އިރުޝާދަށް އަމަލުކުރާށެވެ! ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! 

ފިރިހެނުންގެ މަސްއޫލިއްޔަތަކީ ކާންބޭނުންވާހައި އެއްޗެއް ގެއަށް ވައްދައި އަނބިމީހާލައްވައި މީރުކޮށް ކެއްކުވުން ކަމަށް ހަދައިފި މީހަކަށް އެކުރެވެނީ ވަރަށް ބޮޑު ކުށެކެވެ. ތިމާ ނަމާދަށްދާ ފަދައިން އަނބިމީހާ ލައްވައި ނަމާދުކުރުވަން މަސައްކަތްކުރަންވާނެއެވެ. ވީމާ އަނބިންނަށް ކަންކަން ޙަވާލުކުރަންވާނީ ބުރައަކަށްނުވެ ކުރެވޭނެ ވަރަކަށެވެ. ވަކިން ޚާއްޞަކޮށް ނަމާދުކުރަން ހުރަސްނުއެޅޭނެ ގޮތަށެވެ. 

ހަމައެއާއިއެކު އަޅުކަންކުރާނެ ވަޤުތު އަނބިމިހާއަށް ހޯދައިދިނުމަކީވެސް ފިރިމީހާގެ މައްޗަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތެކެވެ. އެމަސްއޫލިއްޔަތު އަދާނުކުރާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. ވީމާ މިއީ އެހައިފަސޭހައިން އަދާކުރެވޭނެ މަސްއޫލިއްޔަތެއް ނޫނެވެ. 

ވީމާ ރަމަޟާންމަހުގެ ފައިދާ ލިބިގަތުމަށްޓަކައި ކުރަްނއޮތް އެންމެ މުހިންމު ކަމަކީ ތިމާ އާއި އަނބިދަރިންގެވެސް ތަްްވާވެރިކަން އިތުރުކުރުން ކަމުގައި ހަދައިގެން ނޫނީ ރަމަޟާން މަހު ހޯދަންޖެހޭ ކާމިޔާބީ ޙާޞިލެއް ނުކުރެވޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން