އަނބިން ކޮންމެހެން ސަމާލުކަންދޭންޖެހޭ 2 ކަމެއް: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އަނބިން ކޮންމެހެން ސަމާލުކަންދޭންޖެހޭ 2 ކަމެއް: ޑރ. ޢަލީ ޒާހިރު

ލޮބުވެތިކަނބަލުންނޭވެ! ގޭތެރޭގައި ޓީޝާޓް ކޮޅެއް ލައިގެން ނުއުޅޭށެވެ. އެއީ އުޅެން ކަމުދާ ގޮތެއް ނޫނެވެ. ފިރިމީހާ ކުރިމަތީގައި އުޅެންވާނީ ޒީނަތްތެރިވެގެންނެވެ.

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދަތުރުފުޅަކުން އެނބުރިވަޑައިގަންނަވަނީނަމަ ގަނޑުވަރުކޮޅަށް ވަޑައިގަތުމުގެކުރިން އެކަން އަނބިއަނބިކަނބަލުންނަށް އަންގަވައި ޒީނަތްތެރިވެވަޑައިގަތުމަށް ފުރުޞަތު ދެއްވަވައެވެ. އެއީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. 

ދެވަނައަށް ފިރިމީހާ ނުބުނި ނަމަވެސް ލިބުނުވަރަކުން، ވަޤުތުވާވަރަކުން ފިރިމީހާއަށް މީރު ކާތަކެއްތި ކައްކައި ކާންދޭށެވެ. އެކަމުގެ ސަބަބުން ފިރިމީހާ ބޭރުން ކާހިތްވުން ކުޑަވާނެއެވެ. ގޭގައި ކައްކާ ތަކެތި ކާން ބޭނުންވުން އިތުރުވާނެއެވެ. 

މިއީ ކޮންމެ އަންބަކުވެސް ސަމާލުކަންދޭންވީ ކަންކަމެވެ.

 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

 

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން