ކީރިތި ޤުރްއާން ކިޔަވާއިރު ބުރުގާއެޅުން--

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ކީރިތި ޤުރްއާން ކިޔަވާއިރު ބުރުގާއެޅުން--

ކީރިތި ޤުރްއާން ކިޔަވާއިރު ބުރުގާއެޅުން ވާޖިބުވާކަމާއިމެދު ސުވާލުކުރެވޭތީ ދަންނަވަމެވެ. 

ޖަވާބަކީ އަޅުގަނޑުމެން ދިވެހިންނަށް ހީވެފާ އޮންނަކަމެއް އެއީ ކުރީގާ ފިރިހެނުންވެސް ޤުރްއާން ކިޔަވާނަމަ ބޮލުގާ ތާކިހަލެއް ނުވަތަ ރުމާލެއް އަޅަންޖެހޭނެކަމަށް އަދި އަންހެނުންވެސް ޤުރްއާން ކިޔަވާކަމަށްވަނީނަމަ ބުރުގާއަޅަން ޖެހޭނެކަމަށް. 

އެހެންނަމަވެސް އެއީކީ އެންމެ ރަގަޅު ވިސްނުމެއްނޫން، ސަބަބަކީ ޤުރްއާން ކިޔަވާއިރުގާ ޚާއްޞަގޮތެއްގައި އޭނާ ހިލޭފިރިހެނަކު ނުފެންނަ ހިސާބެއްގާ އޭނަގެ އަމިއްލަ ކޮޓަރިތެރޭގަ ހުރެގެން ކިޔަވާއިރުގާ ކޮންމެހެން ބުރުގާއަޅާ ނިވާކުރާކަށް ލާޒިމެއްނޫން. 

ނިވާ ކޮށްގެން ހުންނަން ޖެހޭނީ ހިލޭފިރިހެނުންނަށް ފެންނަ ހިސާބެއްގަ ހުރިކަމަށްވަނީނަމަ. އެނޫން އެއްވެސް ޙާލަތެއްގައި ކޮންމެހެން ޤުރްއާން ކިޔަވާށޭ ކިޔާފަ ކޮންމެހެން ބުރުގާއަޅާ ނިވާ ކުރާކަށް ނުޖެހޭނެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން