ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު: ފިޠުރު ޒަކާތް ދައްކަވައިފިންތޯ؟
އެހީ: މި ސުވާލު ހުށަހެޅުމުގެ ބޭނުމަކީ ފިޠުރު ޒަކާތް ދައްކަން ހަނދުމަކޮށްދިނުމެވެ. ފިރިމީހާ ފިޠުރު ޒަކާތް ދެއްކިކަން ޔަޤީންނުކޮށް އޮތް ނަމަ އަނބިން ފިރިންނަށް މިސުވާލުކުރާށެވެ! ހެޔޮ ޢަމަލުކުރުމުގައި ހަނދާންކޮށްދިނުމާއި ކުރިންތޯ ބެލުމަކީވެސް ޘަވާބުދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ
މިސުވާލަށް ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ފޮނުއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ. އިން ޝާ ﷲ. އިނާމު ލިބިލައްވާ ފަރާތްތަކަށް ފޭސްބުކުން މެސެޖް ފޮނުވޭނެއެވެ. އަދި ފޭސްބުކްގެ މިލިޔުމުގައި ހާމަވެސް ކުރެވޭނެއެވެ. ޝައްވާލު މަހުގެ 15 ގެ ކުރިން އިނާމުގެންދެވުން އެދެމެވެ.