އާދެ، އަޅުގަނޑުމެން އެކަކަށްވެސް އޮޅިފަކާ ނޯންނާނެ އިސްލާމްދީނުގައި އެންމެ ފުރަތަމަ ހިނގާދިޔަ ހަނގުރާމައަކީ ބަދުރު ހަނގުރާމަ ކަމާމެދުގަ. ބަދުރު ހަނގުރާމަ ހިނގާފައިވަނީ ހިޖްރީގޮތުން 2 ވަނަ އަހަރު، ރަމަޟާންމަހުގެ 17 ވަނަ ދުވަހު.
ރަމަޟާންމަހުގެ 17 ވަނަ ދުވަހު ހެނދުނު ބަދުރު ހަނގުރާމަ ހިނގާފައިވަނީ. މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ރޭގަ ކަންތައްތައް ކުރެއްވި ގޮތް އަޅުގަނޑުމެން ބަލައިލަންވީ.
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނު ބަދުރު ހަނގުރާމައިގެ މައިދާނަށް މުޝްރިކުންނާއި މުސްލިމުންގެ ލަޝްކަރު ޖަމާވެފަ އޮތް ވަޤުތު، އަނެއް ދުވަހު ހަނގުރާމައަށް ތައްޔާރުވަމުން ދިޔަ ވަޤުތު މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނު، އެކަލޭގެފާނުގެ ޓެންޓް ކޮޅުގައި ހުންނަވައިގެން އެކަލޭގެފާނު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ދެއަތް އުފުއްލަވާ ދުޢާ ކުރެއްވުމުގަ ހޭދަކުރައްވަމުން ގެންދެވި.
ޞަޙާބީ ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން އަރާމު ކުރައްވަމުން ގެންދެވި. މުޝްރިކުންވެސް އެބައިމީހުންގެ ޓެންޓްތަކުގައާއި އެބައި މީހުން ތިބި ތަނެއްގައި އަރާމު ކުރަމުން ދިޔައީ އަނެއް ދުވަހު ހެނދުނު އޮތް ހަނގުރާމައަށް ތައްޔާރު ވުމުގެ ގޮތުން.
ނަމަވެސް، މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނު ދުޢާ ކުރެއްވުމުގަ ހޭދަ ކުރެއްވި. އެކަލޭގެފާނު ދުޢާ ކުރެއްވި މިންވަރަކީ އެކަލޭގެފާނުގެ ރިދާފްކޮޅު، އެކަލޭގެފާނުގެ ހެދުންކޮޅުގެ އަކަލޭގެފާނުގެ ރިދާ ކޮޅު ވެއްޓެނީ. ވެއްޓުނީމަ އަބޫބަކުރުގެ ފާނު އެ ރިދާކޮޅު ނަންގަވާ އެކަލޭގެފާނުގެ ކޮނޑުފުޅުމަތީގަ އަޅުއްވަނީ. އަދި އަޅުއްވާފަ މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އަބޫބަކުރު ރަޟިޔަﷲ ޢަންހު ދަންނަވަނީ ކަލޭގެފާނު ﷲ ސުބުޙާނަހޫ ވަތައާލާ ވަޢުދުވެ ވޮޑިގެންފައެއްނޫންހޭ ވަނީ އެ އިލާޙުގެ ޙަޞްރަތުން3000 މަލާއިކަތް ބޭކަލުންނާއި، އެ އިލާޙު ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ކަލޭގެފާނަށް ނަޞްރު ދެއްވާނެކަމަށް.
ނަމަވެސް މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާގައި ވަޤުތު ހޭދަކުރައްވަމުން ގެންދެވީ. އެކަލޭގެފާނު ދުޢާ ކުރައްވަމުން ގެންދެވީ "އޭ ﷲ އޭ މިއަދު މިތިބަ މުސްލިމުންތައް ޤަތުލްވެ ހިނގައްޖެކަމަށް ވެއްޖެއްޔާ މި ބިންމަތީގައި އިބަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާނެ ބަޔަކު ނުތިބޭނެއެވެ. އިބަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ނަޞްރު ދެއްވާންދޭވެ."
މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނަޞްރު ދެއްވާނެކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ވަޢުދުވެ ވޮޑިގެންފަ. އަދި 3000 މަލާއިކަތް ބޭކަލުން ފޮނުއްވާނެކަމަށް، އެބޭކަލުންނަށް އެހީތެރިވެ ވަޑައިގެން ދެއްވުމުގެ ގޮތުން.
ސުބުޙާނަﷲ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެފަދައިން ވަޢުދުވެ ވޮޑިގެންފައި ވާއިރުވެސް ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ފަހުވަޤުތާ ޖެހެންދެންވެސް އެކަލޭގެފާނު ދެއަތް އުފުއްލާވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟަރަތަށް އިބްތިޙާލްވެ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް މުނާޖަޢާ ދެންނެވުމުގަ ހޭދަ ކުރެއްވީ. މިއިން އެނގިގެން ދަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއާ އަޅުގަނޑުމެންނާ ދެމެދުގަ ގުޅުން ބަދަހި ކުރަންވީގޮތް.
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް ދަސްކޮށްދެއްވަނީ އެންމެ އުނދަގޫ ވަގުތުގައިވެސް އެންމެ އުފާވެރި ވަގުތުގައިވެސް އަޅުގަނޑުމެން އެފަރާތަކާއި އެންމެ ގާތް ގުޅުމެއް އޮންނަންޖެހޭ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ. އަޅުގަނޑުމެން ކަންތައްތައ ހިއްސާ ކުރަން ޖެހޭ ފަރާތަކީ ﷲ ސުބުޙާބަހޫ ވަތަޢާލާ. އަޅުގަނޑުމެން ދެއަތް އުފުލާ ދުޢާ ކުރަންޖެހޭ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ.
އެހެންކަމުން މި ރަމަޟާން މަހުގަވެސް އަޅުގަނޑުމެން ދުޢާ ކުރަން ﷲ ސުބުޙާނަހޫ ވަތޢާލާއަށް، ދުޢާ ގިނަ ކުރަންވީ. އެ އިލާހު ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ޚުޝޫއަވެ ޚުދޫއަތްތެރިކަމާއެއްކޮށް އިބްތިޙާލްވެ، އަޅުގަނޑުމެންގެ ޖާއިޒްތައް ދަންނަވަންވީ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާންގެ ލޯބިވެވޮޑިގަންނަވާ އެކަލާންގެ ޙަޟްރަތުގަ އަޅަކު ދަންނަވާކަމަށް ވެއްޖިއްޔާމު. ދުޢާކުރުމަކީ އޭގެ ޒާތުގަ އަޅުކަމެއް.
- ޝައިޚް ޝަފީޢު ޢަބްދުﷲ