މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވޭ ---- އާދަމުގެ ދަރިޔާ ބަނޑަށްވުރެ ނުބައި ކަންވާރެއް ނުފުރައެވެ." ---- " އާދަމުގެ ދަރިޔާއަށް އޭނާގެ މައިކަށި ސީދާ ކޮށްލާވަރުގެ ކާ އެތިކޮޅަކުން ފުދޭނެއެވެ. ސުވާކޮޅަކުން ފުދޭނެއެވެ. މަދު އެތިކޮޅަކުން ފުދޭނެއެވެ."
އާދަމުގެ ދަރިޔާ އެއަށްވުރެ ބޮޑަށް އޭނާގެ ނަފްސު އެދިއްޖެކަމަށް ވެއްޖިއްޔާމު އެ ލުޣައިމާތު ނުވަތަ ކުޑަކުޑަ ކައެތިކޮޅަކުން އޭނާއަށް ނުފުދި، އޭނަގެ ނަފްސު އެއަށްވުރެ ބޮޑަށް އެދިއްޖެކަމަށް ވެއްޖިއްޔާމު
--- ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ކާށެވެ. ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ބޯށެވެ." ----" އަދި ވައިލާން ތިންބައިކުޅަ އެއްބައި ބަހައްޓާށެވެ. އެހެންމަ ތިން ބަޔަށް ބަހާލައިފައި، ތިންބައިކުޅަ އެއްބައި ކެއުމަށް، އަނެއްބައި ބުއިމަށް، އަނެއްބައި ވައިލުމަށްބަހަށްޓާށެވެ. މުޅި ބަނޑު އެއްކޮށް ނުފުރާށެވެ.
އަޅުގަނޑުމެން ރޯދަމަހުގެ ކާ އެއްޗެހި ރޯދަވީއްލާ ވަގުތަށްވެސް ހަދާފަ ހުންނަނީ ބައިވަރު. އެ ކާއެއްޗެއް އަޅުގަނޑުމެން ކައިގެން މުޅި ބަނޑު ފުރާލާފަ ވަނީ. އެހެންކަމުން ދެން ފަހުން ރޭ އަޅުކަންކުރުމާއި ތަރާވީސް ކުރުމާއި ޤުރުއާން ކިޔެވުމާއި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޒިކުރު ކުރުމާއި މިފަދަ އަޅުކަންތައްތަކަށްވެސް އަޅުގަނޑުމެން ކަންނެތް ވެގެން ދަނީ. އަދި ދުވާލު ރޯދައަށް ހުންނަ ވަގުތުވެސް ވަރުބަލިކަން އިޙްސާސްވެގެން ދަނީ.
ނަބަވީ އިރުޝާދުގަ ވަނީ ޞިއްޙީ މާހިރުންވެސް ދޭ އިރުޝާދު. މީ އެންމެ ރަނގަޅުގޮތްކަމަށް ޞިއްޙީ މާހިރުންވެސް ވިދާޅުވާ ކަންތައްތައް މީ. އެހެންމަ ނަބަވީ އިރުޝާދުގަ މިވަނީ އަޅުގަނޑުމެންގެ ޙަޔާތަށް، އަޅުގަނޑުމެންގެ ޞިއްޙަތަށް އަދި އަޅުކަމަށްވެސް އެންމެ ފައިދާ ހުރިގޮތް މި ނަބަވީ އިރުޝާދުގަ މިވަނީ. މި ނަބަވީ އިރުޝާދުގަ އަޅުގަނޑުމެން ހިފާ ކަމަށްވެއްޖެއްޔާ އަޅުގަނޑުމެން ކަންނެތް ވެ ލޮޑުވެ، އަޅުކަންތައްތަކަށް ބުރަޖެހި ބަރުހެލިވެ އަދި އަޅުގަނޑުމެންގެ ޙަށިތަކަށްވެސް ބަރުވެ އަޅުގަނޑުމެންގެ ޞިއްޙަތު ގޯސްވެގެން ނުދާނެ.
- ޝައިޚް ޝަފީޢު ޢަބްދުﷲ