ކޮންމެ ދުވަހަކު ހޯދެން އޮތް އެތައް ރޯދައެއްގެ ޘަވާބާއި ދަރުމަ ލިބުމުގެ ފުރުޞަތު ދޫކޮށްނުލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކޮންމެ ދުވަހަކު ހޯދެން އޮތް އެތައް ރޯދައެއްގެ ޘަވާބާއި ދަރުމަ ލިބުމުގެ ފުރުޞަތު ދޫކޮށްނުލާ!

މަތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވޭ --- "ރޯދަވެރިޔަކަށް ރޯދަވީއްލުން ދީފި މީހެއް ވެއްޖިއްޔާމު އެ ރޯދަވެރިޔާއަށް ލިބޭ ރޯދައިގެ ޘަވާބާއި ދަރުމަ އެ ރޯދަވީއްލުން ދިން މީހަކަށްވެސް ލިބޭނެޔޭ." --- "އެ ރޯދަވެރިޔާގެ ރޯދައިން އޭނަޔަށް އުނި ނުވާ ގޮތެއްގައި." 

އެހެންމަ މިކަން އަޅުގަނޑުމެން ކުރެވޭތޯ ބަލަންވީ. އެއް ރޯދައިގެ ބަދަލުގައި، ކޮންމެ ދުވަހަކުވެސް އެއް ރޯދައިގެ ބަދަލުގައި އަޅުގަނޑުމެންނަށް ޖަމާ ކުރެވުނު ޢަދަދެއް އަޅުގަނޑުމެން ޖަމާކުރަންވީ އެހެން މީހުންނަށް ރޯދަވީއްލުން ދީގެން. 

އެހެންވީމާ އެއް ރޯދަ ހިފާ މީހަކަށް އޭނާއަށް 10 ރޯދައިގެ ޘަވާބާއި ދަރުމަވެސް ލިބެން އެބައޮތް. އެއީ 10 މީހުންނަށް ރޯދަވީއްލުން ދީފިކަމަށް ވެއްޖިއްޔާމު އަދި 20 މީހުންނަށް ރޯދަވީއްލުން ދީފިކަމަށް ވެއްޖިއްޔާމު އޭނައަށް 20 ރޯދައިގެ ޘަވާބާއި ދަރުމަ އެބަ ލިބޭ. އޭނައަށް ކުރެވުނު ވަރެއް މީގަ އޮތީ. 

ދެން މިފަދަ މާތް މަތިވެރި މައްސަރެއްގައި އަޅުގަނޑުމެން ވިސްނަން އެބަޖެހޭ ދަތިޙާލަތުގައިވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ޙާލުގަ ޖެހިފަ އެބަ ތިބިކަން. ހާއްސަކޮށް ބިދޭސީން އަޅުގަނޑުމެންގެ ތެރޭގައި ހާލުގަ ޖެހިފަ އެބަތިބި. އެހެންވެއްޖެއްޔާ އެމީހުންނަށްވެސް އެހީތެރިކަމެއް ފޯރުކޮށްދެވެންޏާމު ފޯރުކޮށްދޭންވީ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދަރުމައާއި ޘަވާބަށް އެދިގެން ގާތްތިމާގެ މީހުންނަށްވެސް ފޯރުކޮށްދޭންވީ. އަދި ރޯދަވެރިޔާ ވާކަށް ނުޖެހެ ހާލުގަ ޖެހިފަވާ މީހަކަށްވެސް. އޭނައަކީ ރޯދަވެރިއަކަށް ވާން ޖެހެނީ. އޭނަގެ ރޯދަވީއްލުމެއް ދީފިކަމަށް ވެއްޖެއްޔާމު އަޅުގަނޑުމެންނަށް އެކަމުގެ ޘަވާބާއި ދަރުމަ އޭނައަށްވެސް އުނި ނުވާގޮތަށް އޭނައަށް ލިބޭ ޘަވާބާއި ދަރުމަ އެބަ ލިބޭ. 

އެހެންމަ މި މަތިވެރި ކަމުގަ ހިފަންވީ. އެއް ރޯދައިގެ ބަދަލުގައި އަޅުގަނޑުމެންނަށް އެތައް ރޯދައެއްގެ ޘަވާބާއި ދަރުމަ ލިބެން އެބައޮތް. އެހެން ވެއްޖެއްޔާމު އެ ފުރުޞަތުގެ ބޭނުން ހިފަން އެބަ ޖެހޭ. 

- ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން