ޒަވާޖީ ޙަޔާތުގަ އުފާވެރިކަމާ ހަމަޖެހުން އޮތުމަކީ އަޅުކަންކުރަން ހިތްވަރު އިތުރުވެ ދިރިއުޅުން ކުރިއަރައި ފުރިހަމަ ޞިއްހަތެއްގަ ހުންނަން މަގުފަހިވާކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޒަވާޖީ ޙަޔާތުގަ އުފާވެރިކަމާ ހަމަޖެހުން އޮތުމަކީ އަޅުކަންކުރަން ހިތްވަރު އިތުރުވެ ދިރިއުޅުން ކުރިއަރައި ފުރިހަމަ ޞިއްހަތެއްގަ ހުންނަން މަގުފަހިވާކަމެއް!

ޒަވާޖީ ޙަޔާތުގަ އުފާވެރިކަމާ ހަމަޖެހުން އޮތުމަކީ އަޅުކަންކުރަން ހިތްވަރު އިތުރާކަމެއްކަން އެނގިގެންދާ ސަބަބުތައް ވަރަށް ގިނައެވެ. އެގޮތުން ބަލާއިރު ފުރަތަމަ ކަމަކީ ޒަވާޖީ ޙަޔާތުގައި އުފާވެރިކަމާއި ހަމަޖެހުން ނެތްނަމަ އޭނާގެ ސިކުނޑީގައި އެކަންކަން އަބަދުވެސް ބޮޑު މައްސަލައެއްގެ ގޮތުގައި އެނބުރެމުންދާނެކަމެވެ.  

މީހެއްގެ ސިކުނޑީގައި މައްސަލަތަކެއް އަބަދު އެނބުރޭނަމަ އެކަމަކަށް ވިސްނޭނެއެވެ. ނަމާދުކުރަން ހުންނައިރުވެސް އެފަދަ ޚިޔާލުތައް ކުރެވޭނެއެވެ. އަދި ޛިކުރުމާއި އެހެން އަޅުކަން ކުރާއިރުވެސް މައްސަލަތައް ހިތަށް ވަންނަމުންދާނެއެވެ.  

އެކަމުގެ ސަބަބުން ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އަޅުކަން ފުރިހަމަ ގޮތުގައި ކުރަން ހުރަހަކަށް އެކަންކަން ވެގެންދާނެއެވެ. ނަތީޖާއަކަށްވާނީ އަޅުކަން ކުރަންވާ ގޮތަށް ނުކުރެވުމެވެ. ޘަވާބުން އުނިވުމެވެ.  

ދެންބަލައިލަންވީ ދުނިޔަވީ ސަބަބުތަކަށެވެ. ޒަވާޖީ ޙަޔާތުގައި އުފާވެރިކަމާއި ހަމަޖެހުން ނެތްނަމަ އެކަމުގެ އަސަރު ތިމާކުރާ ކޮންމެ ކަމަކުންވެސް ފެންނާނެއެވެ. ހިތަށް ލިބިފައި ހުންނަ ނުތަނަވަސްކަމުގެ ސަބަބުން އެހެން މީހުންނާއި މުޢާމަލާތުކުރުމުގައިވެސް އޮންނާނީ ރަނގަޅަށް މުޢާމަލާތު ނުކުރެވިފައެވެ.  

ޞިއްޙީ ގޮތުން ބެލިނަމަވެސް އަބަދު ހިތްހަމަ ނުޖެހުމުގައި ނުވަތަ ކަންބޮޑުވުމެއްގައި ހުންނަނަމަ ހިތުގެ ބަލިތައް ޖެހުން ގިނަވެއެވެ. ލޭގެ ޕްރެޝަރުމައްޗަށްދެއެވެ. ރުންކުރުވެއެވެ. މިއިން ކޮންމެ ކަމަކީވެސް ބޭސްކުރަންޖެހޭ ބަލިތަކެވެ.  

ވީމާ މައްސަލަތައް ޙައްލުކޮށް އުފަލުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! އެކަމުގެ ސަބަބުން އާޚިރަތް ބާއްޖަވެރިވުމުގެ އިތުރުން ދިރިއުޅުން ކުރިއަރައި ފުރިހަމަ ޞިއްހަތެއްގައި ހުންނަންވެސް މަގުފަހިވެގެންދާނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން