ގޭތެރޭގެ މަސައްކަތުގަ އަނބިންނަށް އެހީތެރިވުމަކީ އަނބިދަށުވުމެއް ނޫން! އެއީ ސުންނަތެއް!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ގޭތެރޭގެ މަސައްކަތުގަ އަނބިންނަށް އެހީތެރިވުމަކީ އަނބިދަށުވުމެއް ނޫން! އެއީ ސުންނަތެއް!: ޑރ. ޢަލީ ޒާހިރު

އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެއް!  

ރަސޫލާ  ގޭތެރޭގާ ކަންކަން ކުރައްވާ އިރުގާ އަނބިއަނބި ކަބަލުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާ ގޭތެރޭގަ މަސައްކަތުގާ އުޅުއްވާ އަމިއްލަ މަސައްކަތް އަމިއްލައަށް ކުރައްވާ ފައިވާން ޖޯޑުކޮޅު ހަމަ އަމިއްލައަށް މަރާމާތު ކުރެއްވުމާ ހެދުންކޮޅުގާ ފޮތިއެޅުއްވުމާ ކަންކަން އަމިއްލަފުޅަށް ކުރައްވަވަނީ.  

އަނެއްކާ ގޭތެރޭ ކަންކަމުގާ އެހީތެރިކަން ފޯރުކޮށްދެއްވާ އެއީ އެއްގޮތަކަށްވެސް ލަދުވެތި ކަމެއްނޫން. އަޅުގަނޑުމެންގެ ތެރޭގައި ބައެއްފަހަރަށް  ބައެއްމީހުނަށް ހީވެފާ އޮންނަނީ ގޭތެރޭގަ މިސާލަކަށް ފިރިމީހާ އަނބިމީހާއަށް ކަމެއް ކޮށްދިނުމަކީ އެއީ އަނބިމީހާ ދަށުވުމޭ، ހަމަ އެކަހަލަ ގޮތަކަށްނޫން އަނބިމީހާޔަށް އޭނަވެސް ވަރުބަލިވާނެ އޭނަޔަށްވެސް އެހީތެރިކަން ބޭނުންވާނެ އެހެންވީމާ އެހިތެރިކަން ފޯރު ކޮށްދިނުމަކީ އަމިއްލަޔަށް އެކަން ދަނެގެން ކަންކަން ކޮށްދިނުމަކީ އެއީ ފިރިމީހާގެ ފުރިހަމަކަމުގެ ތެރޭގަ ހިމެނޭ ކަމެއް. 

އެހެންވީމާ މިކަންކަން އަޅުގަނޑުމެން އުފާވެރި ދިރިއުޅުމަކަށްދާން ބޭނުންވާ ކަމަށްވަނީނަމަ އެކަންކަން އެގޮތަށް ހަދަންޖެހޭނީ އޭގެ މާނައެއްނޫން އަނބިމީހާގެ ހުރިހާކަމެއް ނުވަތަ ގޭތެރޭގެ ހުރިހާކަމެއް ކުރަންޖެހޭ މީހަކީ ފިރިމީހާއަކީ ޚާދިމެއް ނުވަތަ އަޅެއް ގޮތަށްބަދަލުވުން .  ނޫން  އޭގެބަދަލުގާ އޭނާ އަމިއްލަޔަށް އެހީތެރިކަމުގެ ގޮތުން ކަންކަން ކޮށްދިނުމަކީ އެއީ އުފަލެއްގެ ގޮތުގާ ދެކެންޖެހޭނީ، އަޅުގަނޑު މެންގެ މުޖްތަމަޢުގެ ތެރޭގާ އެކަން އެގޮތަށް ޤަބޫލުކުރާމީހުން އެބަތިބި. އެކަން އެގޮތަށް ކުރައްވާ ބޭފުޅުންވެސް އެބަތިބި އެއީ އުފާވެރިކަން ދެމީހުންނަށް ލިބުމަށް ބޮޑުބުރަ މަސައްކަތެއްގެ ތެރޭގާ އަނބިމީހާ އުޅޭއިރުގާ އޭނަޔަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމަކީ އެއީ ޒަވާޖީޙަޔާތް އުފާވެރިވާނެ ކަމެއް ހިތްހަމަޖެހުން ލިބިގެންދާނެ ކަމެއް. 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

މިއަދު އޮންލައިން