ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު: ލައިލަތުލް ޤަދްރިވިލޭރޭވެސް އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް ދުޢާކުރެވޭނެތަ؟
އެހީ: ލައިލަތުލް ޤަދަރި ވިލޭރެއަކީވެސް ހަމަ އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް އެގިގެންވެސް ދުޢާކުރަން އޮތްރެއެކެވެ. ފާފަތައް ފުއްސަވައި ދެއްވަވައި ޢަފޫކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަން އޮންނަނީ ކޮންމެ މީހަކަށްވެސް އޮތް އެންމެ މުހިންމު، ފައިދާކުރާނެ ކަމަކީ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވެވުން ކަމުގައިވާތީއެވެ. ނަރަކައިން މިންޖުވެވި ސުވަރުގެ ވެދެވެން އޮތީ ފާފަތައް ފުއްސަވައިދެއްވަވައި ޢަފޫކުރެއްވެވުމުން ކަމުގައިވާތީއެވެ.
اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ދުޢާގެ އިތުރުން އެމީހަކު ބޭނުން ކޮންމެ ކަމަކަށް އެދިގެންވެސް ދުޢާކުރަންވީއެވެ.
މިސުވާލަށް ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ފޮނުއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ. އިން ޝާ ﷲ. އިނާމު ލިބިލައްވާ ފަރާތްތަކަށް ފޭސްބުކުން މެސެޖް ފޮނުވޭނެއެވެ. އަދި ފޭސްބުކްގެ މިލިޔުމުގައި ހާމަވެސް ކުރެވޭނެއެވެ. ޝައްވާލު މަހުގެ 15 ގެ ކުރިން އިނާމުގެންދެވުން އެދެމެވެ.