ރަމަޟާން މަހުން ދެން އޮތްބައިގަވެސް އަނބިދަރިން ލައްވައި ރޭއަޅުކަން ނުކުރުވިއްޖެނަމަ ގެއްލިގެންދާ ފުރުޞަތު އަނބުރައެއް ނުހޯދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ރަމަޟާން މަހުން ދެން އޮތްބައިގަވެސް އަނބިދަރިން ލައްވައި ރޭއަޅުކަން ނުކުރުވިއްޖެނަމަ ގެއްލިގެންދާ ފުރުޞަތު އަނބުރައެއް ނުހޯދޭނެ!

އަނބިދަރިންލައްވައި ރޭއަޅުކަންކުރުވުމަކީ އެކަމުގެ ދަރަޖައަށް ބަލާއިރު ވާޖިބު ކަމެއްކަމަށްވެސް ބައެއް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެއީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ މުޅި ޙަޔާތްޕުޅުގައިވެސް އެކަން އެގޮތަށް ކުރައްވަވާފައިވާތީއެވެ.  

މިއަަހރުގެ ރަމަޟާން މަހުން މިރޭ 27 އެވެ. މިރެއަކީ  27 ވިލޭރެވެ. އެރެއަކަށް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ރޭތަކުގެ ތެރެއިން ރެއެކެވެ. މިހައި ތަނަށް އަނބިދަރިން ލައްވައި ޜޭއަޅުކަންކުރުވަމުން އައި މީހުންނަށް އޮތީ ހަމައެހިތްވަރުގައި ޘާބިތުވެލުމެވެ. އެއްވެސް ސަބަބެއް ދިމާވެގެން މިހައިތަނަށް އެކަން ނުކުރެވިތިބި މީހުންނަށް އޮތީ ހަމަ އިތުރަށް ހިތްވަރުކޮށްލުމެވެ. މިރެއިން ފެށިގެންވެސް ރަމަޟާން މަސް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

އާދެ އުއްމުލް މުޢުމިނީނަ ޢާއިޝަތު ރަޟިޔަﷲ ޢަންޙާ. މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ފަރާތުން ރިވާވެފައިވާ ޙަދީޡްފުޅެއްގައިވޭ ---- " މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ފަހު 10 އަކާ ބައްދަލުވެއްޖިއްޔާމު އެކަލޭގެފާނު ---- އެކަލޭގެފާނުގެ ކަމަރު ބަންނަވައެވެ." މީގެ މާނައަކީ އެކަލޭގެފާނު އަޅުކާމާއިގެން އިތުރަށް ހީވާގިވެ ވަޑައިގަންނަވައެވެ. --- " އަދި އެކަލޭގެފާނުގެ އަހުލުވެރިންނަށް ގޮވާލައްވައޭ. އެކަލޭގެފާނުގެ އަނބި އަނބި ކަނބަލުންނަށް، އެކަލޭގެފާނުގެ ދަރިދަރި ކަނބަލުންނަށް ގޮވަލައްވައޭ ރޭ އަޅުކަން ކުރުމަށް ތެދުވުމަށް." ---" އަދި އެކަލޭގެފާނު ރޭ އިޙްޔާ ކުރައްވައެވެ." 

އެހެންމަ މީ މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޟާންމަހުގެ ފަހު ދިހައިގަ އެކަލޭގެފާނު ކަންތައްތައް ކުރައްވާފަ ވާގޮތް. މިކަމުން އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ. އެކަލޭގެފާނު ފަހު 10 އެއް ހޭދަ ކުރައްވާފަ ވާ ގޮތުން. 

އާދެ މުޅި ރަމަޟާންމަހުގަވެސް އެކަލޭގެފާނު އަޅުކަން ކުރައްވާ އުޅުއްވަނީ ވަރަށް ޙީވާޤި ކަމާއެކުގަ، ނަމަވެސް ފަހު10 އެއް އިތުރަށް ޚާއްސަވެގެންވޭ. އެހެނީ ފަހު 10 އެއްގަ ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވަފައިވަނީ ލައިލަތުލް ޤަދްރި ވިލޭރޭ. އެހެންކަމުން މަތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ފަހު 10 އެއް ބައްދަލުވެ ވަޑައިގެންފި ކަމައްވެއްޖެއްޔާމު އެކަލޭގެފާނު އިޢުތިކާފަށް މިސްކިތް ކޮޅަށް ވަޑައިގަންނަވާ ފަހު10 އެއްގަ އެއްކޮށް އެކަލޭގެފާނު އިޢުތިކާފް ކުރައްވާކަމަށްވަނީ. އެރޭގެ މަތިވެރިކަމާ އަދި ފަހު 10 އެއްގަ މިވާ މަތިވެރިކަން، ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފައިވާ މަތިވެރިކަން ލިބިގަތުމުގެ ބޭނުންފުޅުގަ.   

އާދެ އެހެންކަމުން ފަހު 10 އެއްގަ ﷲ ސުބުޙާނަހޫ ވަތަޢާލާ މިލައްވާފައިވާ ލައިލަތުލް ޤަދްރި ވިލޭރެއާ، އަދި ފަހު 10 އެއްގަ ﷲ ސުބުޙާނަހޫ ވަތަޢާލާ މި ލައްވާފައިވާ މާތްކަން ލިބިގަތުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނެ.  

މީ ވަރަށް ކުޑަ ދުވަސްކޮޅެއް. ވަރަށް ކުޑަ ދުވަސްކޮޅެއް، އަޅުގަނޑުމެންނަށް ނޭންގި ތިއްބާ މިދުވަސް އަޅުގަނޑުމެންގެ އަތުން ހިނގައިދާނެ. ދެން އަންނަ ރަމަޟާންމަހެއްގަ އަޅުގަނޑުމެންނަށް މި ދުވަސް ލިބޭނެ ކަމެއް، ނުލިބޭނެ ކަންވެސް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް ނޭންގޭނެ. 

އާދެ ލޮބުވެތި އަޚުންނާއި އުޚްތުން، މުޅި ރޭ އަޅުކަމުގައި ހޭދަ ކުރަންވީ. ބޭކަރު ކަންކަމުގަ، ބޭކާރު ވަގުތުތައް އަޅުގަނޑުމެން ހޭދަ ކޮށްގެން ނުވާނެ. އަޅުގަނޑުމެން އަތުން މި ވަގުތު ބީވެގެން ހިނގައިދާނެ. އަޅުގަނޑުމެން އަތުން މި ވަގުތު ބީވެގެން ހިނގައްޖެކަމަށް ވެއްޖެއްޔާމު ދެވަނަ ފުރުޞަތެއް އަޅުގަނޑުމެންނަށް ނުލިބި ހިނގައިދާނެ. އަދި ޤިޔާމަތް ދުވަހަކުން އަޅުގަނޑު މެންނަކީ އެކަމާ ހިތާމަ ކުރާ ބައެއް ކަމުގައި ވެގެން ހިނގައިދާނެ.

މިއަދު އޮންލައިން