ޚުޠުބާ: ﷲ ދެއްވެވި މިނިވަންކަމުގެ ބޭނުން މިިއަދު ނަހަމަ ގޮތުގަ ހިފީމާ ޤިޔާމަތްދުވަހު އޮންނަންޖެހޭނީ ކަސްތޮޅުއެޅި އަނދައަނދާހުރި އަލިފާނުގެ ގޯއްޗެއްގަ އަލިފާނުގެ ފާރުތަކުން ވަށާލެވިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޚުޠުބާ: ﷲ ދެއްވެވި މިނިވަންކަމުގެ ބޭނުން މިިއަދު ނަހަމަ ގޮތުގަ ހިފީމާ ޤިޔާމަތްދުވަހު އޮންނަންޖެހޭނީ ކަސްތޮޅުއެޅި އަނދައަނދާހުރި އަލިފާނުގެ ގޯއްޗެއްގަ އަލިފާނުގެ ފާރުތަކުން ވަށާލެވިގެން!

މުސްލިމް އަޚުންނޭވެ! އަހަރެމެންގެ އެންމެ ފަހުގެ މަންޒިލަކީ ކޮބައިކަން ހަނދާނަށް ގެންނާށެވެ! އެއީ އެތަނުގެ މޭވާތަކާއި، ގަސްތަކުގެ ހިޔާ އަބަދަށް ދެމިހުންނަ ސުވަރުގެއެވެ. އެ ގަސްތަކުގެ މޭވާ ބިނުމަށް ފަސޭހަކުރައްވާފައި ވެއެވެ. އެތާނގައި، ތަޣައްޔަރުކަމެއް ނުވާ ސާފުފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ އާރުތަކާއި، ބޯމީހުންނަށް އުފާވެރިކަމާއި، ހިތްހަމަޖެހުން ލިބޭނޭ ރާގެ އާރުތަކާއި، މީރު ބުއިންތަކާއި، ސާފު މާމުއިގެ އާރުތައް ވެއެވެ. އަދި ޚާލިޞް ރިހިން ތައްޔާރު ކުރެވިފައިވާ ކަންވާރުތަކާއިގެން، އެއުރެންނަށް ޚިދުމަތްކޮށްދޭން ތިބޭ ކުދިންތައް ވެއެވެ. ބޭކާރު ވާހަކައެއް އެތަނުގައި އެއުރެން ނާހާނެއެވެ. އުފުލިގެންވާ ދާންތަކާއި، އެތުރިގެންވާ ބާލީސްތަކާއި، ފެތުރިފައިވާ ރީތި ދޫލަތައް ވެސް އެތަނުގައި ވެއެވެ. ސުވަރުގޭގައި އަށް ދޮރުކޮޅު ވެއެވެ. އޭގެ ތެރޭގައި އައްރައްޔާނޭ ކިޔުނު ދޮރުކޮޅެއް ވެއެވެ. އެ ދޮރުކޮޅުން ސުވަރުގެ ވަންނަހުށީ ހަމައެކަނި ރޯދަވެރީންނެވެ. ސުވަރުގޭގެ ޙަޔާތަކީ އަބަދީ ޙަޔާތެކެވެ. އެތާނގެ އަހުލުވެރީންގެ ޒުވާންކަމަށް ބަދަލު އައުމެއް ނެތެވެ. އެހެންކަމުން، ސުވަރުގެއަކީ، އަހަރެމެންގެ މަންޒިލް ކަމުގައި ހަދާށެވެ! އަދި ދަންނާށެވެ! އެނޫން މީހުން ޤިޔާމަތްދުވަހުން އެއްލައިލެވޭނީ، ނަރަކައަށެވެ. އެއީ، މިނިވަންކަމެއް ނެތި ކަސްތޮޅު އެޅިގެން ތިބެންޖެހޭ، އަނދައަނދާ ހުރި އަލިފާނުގެ ގޮވައްޗެވެ. އަލިފާނުގެ ފާރުތަކުން އެއުރެން ވަށާލެވިގެންވާނެތެވެ.  

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން ވޭންދެނިވި ނަރަކައިން މިންޖު ކުރައްވައި، ސުވަރުގެ ވަންތަވެރިން ކަމުގައި ލައްވާނދޭވެ! އަޅަމެންނީ، ދިރިތިބިހައި ހިނދަކު، ހެޔޮޢަމަލު ކުރުންމަތީ ދެމިތިބޭ ބަޔަކު ކަމުގައި ލައްވާނދޭވެ! އާމީން!  

މުސްލިމު އަޚުންނޭވެ! އަހަރެމެންގެ މާތް ނަބިއްޔާ مُحَـمَّدٌ z ގެ މައްޗަށް صَلَوَات އާއި سَلَام  ލެއްވުން އެދި دُعَاء  ކުރާށެވެ! އެއީ، م މުއުމިންނަށް މާތް الله އަމުރު ކުރައްވާފައިވާ ކަމެކެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.---- "ހަމަކަށަވަރުން، އާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރާށެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ."

މިއަދު އޮންލައިން