ﷲ ތަޢާލާ ކެތްތެރިންނާއެކު ވޮޑިގެންވެއެވެ، ކެތްތެރިން ދެކެ ލޯބިވޮޑަގަންނަވައެވެ، ކެތްތެރިވާމީހުންގެ ޖަޒާއަކީ ސުވަރުގެއެވެ!

ކިޔުމަށް ހޭދަވާނީ 1މ 56ސ
ﷲ ތަޢާލާ ކެތްތެރިންނާއެކު ވޮޑިގެންވެއެވެ، ކެތްތެރިން ދެކެ ލޯބިވޮޑަގަންނަވައެވެ، ކެތްތެރިވާމީހުންގެ ޖަޒާއަކީ ސުވަރުގެއެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

·  ކެތްތެރިވުން: ކެތްތެރިވުމަކީ ﷲ ޙަރާމްކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވުމާއި، ﷲ ވާޖިބު ކުރެއްވި ކަންކަން ކުރުމުގައި ދެމިހުރުމެވެ. 

§ ﷲ ތަޢާލާ ކެތްތެރިންނާއެކު ވޮޑިގެންވެއެވެ. 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 153 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ ﴿١٥٣﴾‏

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. (153)" 

§ ﷲ ތަޢާލާ ކެތްތެރިން ދެކެ ލޯބިވޮޑަގަންނަވައެވެ. 

ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 146 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَاللَّهُ يُحِبُّ الصَّابِرِينَ ﴿١٤٦﴾‏

މާނައީ: "ކެތްތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. (146)" 

§ ކެތްތެރިވާމީހުންގެ ޖަޒާއަކީ ސުވަރުގެ: 

ﷲ ތަޢާލާ އިންސާން ސޫރަތުގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَجَزَاهُم بِمَا صَبَرُوا جَنَّةً وَحَرِيرًا ﴿١٢﴾‏

މާނައީ: އެއުރެން ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ ގޮތުގައި އެއުރެންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ. (12)

މިއަދު އޮންލައިން