މިއަހަރުގެ ރަމަޟާންމަހުގެ ރޯދަ ނުހިފުނު މީހުންގެ ތެރެއިން ދެން ދުވަހަކުވެސް ރޯދަ ހިފިދާނެކަމުގެ އުންމީދު ނެތް މީހުން ފިދުޔަދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މިއަހަރުގެ ރަމަޟާންމަހުގެ ރޯދަ ނުހިފުނު މީހުންގެ ތެރެއިން ދެން ދުވަހަކުވެސް ރޯދަ ހިފިދާނެކަމުގެ އުންމީދު ނެތް މީހުން ފިދުޔަދޭށެވެ!

ބަލިހާލު ހުރިގޮތުން މިއަހަރު ރޯދަ ނުހިފުނު މީހުންގެ ތެރޭގައި ޙާލަތު ބަދަލުވެ ދެން ދުވަހަކުވެސް ރޯދަހިފިދާނެ ކަމުގެ އުންމީދުވެސް ނެތް މީހުން ތިބޭނެއެވެ. އެފަދަ މީހުންނަށް އޮތީ ރަމަޟާން މަސް ނިމުމުން ވީހައި އަވަހަކަށް ފިދުޔަދީ އެކަމުން ސަލާމަތްވުމެވެ. އެކަމުގައިވެސް އެމީހެއްގެ އަމިއްލަ ނެތްނަމަ ދަރިން ނުވަތަ ވާރުތަވެރިން އޭނާއަށްޓަކައި އެކަން ކޮށްލައިދިނުމުން ފުދޭނެއެވެ. 

ރޯދަ ނުހިގިގެން ދޭންޖެހޭ ފިދުޔައިގެ މިންވަރު؟    

ރޯދަ ނުހިފިގެން ފިދުޔަ ދޭން ޖެހޭ ހާލަތުގައި ފިދުޔައަކީ ގެއްލިފައިވާ ކޮންމެ ރޯދައަކަށް އެއް އިރު މިސްކީނަކަށް ކާން ދިނުމެވެ. ފައިސާއިން ބަލާނަމަ އެކި ޤައުމުތަކުގައި ، އެކި ރަށްރަށުގައި އަދަދު ތަފާތުވާނެއެވެ. ފައިސާގެ އަދަދު ބަލަން ޖެހޭނީ އެ ރަށެއްގައި ކެއުމުގެ އަގު ހުންނަ ގޮތުން އެއް އިރު ބަނޑުފުރައި ކެވޭނެ މިންވަރަށެވެ. 

ފިދުޔަ ދިނުމަށްޓަކައި ދޭން ޖެހޭނީ އެއް އިރުގެ ކޮއްތެވެ. އެއް ދުވަހުގެ ކޮއްތެއް ނޫނެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން