މިއީ ކައިވެނީގެ ބޭރުން ޖިންސީގުޅުން ހިންގާ މީހުން އެކަން ހުއްޓާލަން ލިބޭނެ އެންމެ ފަހި ފުރުޞަތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
މިއީ ކައިވެނީގެ ބޭރުން ޖިންސީގުޅުން ހިންގާ މީހުން އެކަން ހުއްޓާލަން ލިބޭނެ އެންމެ ފަހި ފުރުޞަތު-

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމަކީ އެންމެ ބޮޑު ފާފަތަކުގެ ތެރެއިން ހިމެނޭ ފާފައެކެވެ. އެކަންކުރުން ހުއްޓާލަން މީހާއަށްވެސް ރަމަޟާން މަހަކީ އެމީހަކަށް ލިބޭނެ އެންމެ ފަހި ފުރުޞަތެވެ. 

އެހެނީ އެންމެ ބޮޑެތި ޗައިޠޯނުންތައް ﷲ ތަޢާލާ ވަނީ ކަސްތޮޅު އަޅުއްވަވައިފައެވެ. ވީމާ ވަސްވާސްތައް ލިބޭ މިންވަރު ބޮޑުތަނުން މަދުވެގެންދާނެއެވެ. ފާޙިޝް ޢަމަލުތައް ކުރެވޭ މީހުން، އެކަމަށް ދެވިހިފާފައި ތިބޭ މީހުންނަށްވެސް މިދުވަސްތަކުގައި ވަސްވާސް ލިބުން މަދުވާނެއެވެ. ލިބޭ ވަސްވާސްތަކުގެ ބާރުވެސް ކުޑަވާނެއެވެ. 

ވީމާ ރަމަޟާންމަހު އެންމެ ފާފައެއްވެސް ނުކުރަން ނިކަން ޢަޒުމްކަނޑައަޅައިބަލާށެވެ! އެގޮތުގައި ޘާބިތުވެހުންނަން ނިކަން މަސައްކަތްކޮށްބަލާށެވެ! ބޮޑުތަނުން އެކަން ފަސޭހަވެގެންދާނެއެވެ. އަދި ރަމަޟާން މަސް އެކުގައި ޘާބިތުވެ ހުރެވިއްޖެނަމަ ޢުމުރަށްވެސް އެކަންކަމުން ސަލާމަތްވެ ހުރެވުން ބޮޑުތަނުން ފަސޭހަވެގެންދާނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުން\ވެސް ވިދާޅުވެލައްވާށެވެ!  

މުޖުތަމަޢުގައި ޒިނޭކުރުން ޢާންމުވެފައިވާވަރުން ބިރެއް ނެތި ރަމަޟާން މަހުގައިވެސް ޒިނޭކުރާ ބައަކު އެބައުޅެއެވެ. އަދި އެފަދަ މީހުން ރޭގަނޑު ޒިނޭކޮށް ހިނައިވެސް ނުގަނެތިބެ އަނެއް ދުވަހު ރޯދަހިފުމާއިބެހޭގޮތުން އެބަ ސުވާލުވެސް ކުރެއެވެ. 

އެކަމާއިގުޅުވައިގެން ޝައީޚް ޢަލީ ޒައިދު ވިދާޅުވެފައިވާ ބަސްފުޅު ގެނެސްދޭނަމެވެ. 

ލޯބިވެރިންގެ ގޮތުގައި އެކުގައި އުޅުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ޢަމްދުން ފާހިޝް އަމަލުތައް ކުރުމަކީ ކަނޑައެޅިގެން އިސްލާމް ދީނުގައި ނަހީ ކުރައްވަވާފައިވާ ކަންކަމެވެ. އެހެންކަމާއިއެކުވެސް ބައެއް މީހުން ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމަށްފަހު ހިނައިނުގަނެ ނިދިގެން ރޯދައަށްވާނެ ގޮތަކާއިމެދު އެބަ ސުވާލުވެސް ކުރެއެވެ. 

ޖުނުބުވެރި ހާލުގައި ނިދިއްޖެ ނަމަ އޮތީ ހޭލެވުމުން އަވަހަށް ހިނައިގަތުމެވެ. ހިތާމައަކީ ކުރެވުނު ޒިނޭއަށް ބިރުވެތިނުވާކަމެވެ. އެފަދަ މީހުންގެ ކުރިމަތީގައި ޒިނޭ ކުރުމަކީ އެއްވެސް ފާފައެއް ނޫނެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިއަދު ރާއްޖޭގެ ޙާލަތެވެ. 

ޒިނޭކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އެ ފާފައަށް އަރައި ނުގަންނާށެވެ. ﷲ ތަޢާލާގެ ޢަޒާބަށް ބިރުވެތިވާށެވެ. ލޯބިވެރިންގެ ގޮތުގައި ގުޅިގެން ނުއުޅެ އަވަހަށް ކައިވެނިކޮށް ﷲ ތަޢާލާ ހުއްދަކުރެއްވެވި ގޮތުގައި އުފާ ޙާޞިލުކުރަމުން ގެންދާށެވެ! 

- ޝައިޚް ޢަލީ ޒައިދު

 

މިއަދު އޮންލައިން