ކައިވެނީގެ ކުރިން ކުރެވިފައި ހުންނަ ކަންކަމަށް ސުވާލު ގިނަ ނުކުރާށެވެ! ކުރެވޭ ހިތި ތަޖުރިބާތައް ކިޔައިދޭން ވަރަށް އުނދަގޫވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކައިވެނީގެ ކުރިން ކުރެވިފައި ހުންނަ ކަންކަމަށް ސުވާލު ގިނަ ނުކުރާށެވެ! ކުރެވޭ ހިތި ތަޖުރިބާތައް ކިޔައިދޭން ވަރަށް އުނދަގޫވާނެ!

ގިނަ އަންހެނުންނަކީ އެމީހުންނަށް ކުރިން ކުރެވިފައި ހުންނަ ކަންކަމުގެ ވާހަކަ ދައްކަން ބޭނުންވާނެ ބައެއް ނޫނެވެ. ނަމަވެސް ބައެއް ފިރިހެނުން ސުވާލުތައްކޮށް މާޒީކޮންނަން މަސައްކަތްކުރެއެވެ. އެހެންވެ ބައެއް އަންހެނުން އެމީހުންގެ ސިއްރުތައް ހިފަހައްޓަން ދޮގެއްވެސް ބުނެފާނެއެވެ. ނަމަވެސް އެއިގެ މާނައަކީ އޭނާއަކީ ދޮގުހަދާ ނުވަތަ ތެދުވެރިކަމެއް ނެތް އަންހެނަކަށް ވުމެއް ނޫނެވެ. 

މިއީ އެއްވެސް ޙާލެއްގައި ދޮގުބުނަން ހިތްވަރުދިނުމެއް ނޫނެވެ. މިބުނީ އެކަން މެދުވެރިވާ ގޮތެކެވެ. އެންމެ ރަނގަޅު ގޮތަކީ ކިޔައިދޭން ބޭނުންނުވާ ކަންކަމުގެ ވާހަކައިން ސުވާލުކުރާނަމަ އެފަދަ ސުވާލުތައް ނުކުރަން ބުނުމެވެ.   

ކައިވެނީގެ ކުރިން ކުރެވިފައި ހުންނަ ކަންކަމުން ހިތި ތަޖުރިބާ ލިބިގެން ތިބޭނަމަ އެކަންކަމުގެ ވާހަކަ ދައްކަން ބޭނުން ނުވާ އަންހެނުންވެސް އަދި ފިރިހެނުންވެސް ވަރަށް ގިނަވާނެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ކުރީގެ ކަންކަން އޮޅުންފިލުވަން ބާރުނުއެޅުމެވެ.  

ނަމަވެސް އެއިގެ މާނައަކީ އަނެކާއަކީ ކުރިން ކައިވެންޏެއް ކޮށްފައި ހުރި މީހަކު ނަމަ އެކައިވެނި ރޫޅެން މެދުވެރިވި ސަބަބުފަދަ ކަންކަން އޮޅުން ނުފިލުވުމެއް ނޫނެވެ. ހަމަ އެއާއިއެކުވެސް އެއް ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ކުރީގެ ކައިވެނި ރޫޅެން މެދުވެރިވި ސަބަބު އަލުން ތަކުރާރުވާނެ ކަމަށް ބަލައިގެންވެސް ނުވާނެއެވެ.  

ނަމަވެސް މިބުނަނީ އިނދެވަރިކުރަމުން ދުވާ، ނުވަތަ ވަރިވަމުން ދުވާ މީހުންގެ ވާހަކައެއް ނޫނެވެ. އެންމެ ކައިވެންޏެއް ރޫޅިފައި ތިބޭ މީހުންގެ ވާހަކައެވެ. މިބުނި ފަދަ މީހަކާއި ކައިވެނިކުރުމުގެ ކުރިން 10 ފަހަރު އެކަމަށް ވިސްނަންވާނެއެވެ. މާނައަކީ ވަރަށް ބޮޑަށް ވިސްނާފައި ނޫނީ އެފަދަ މީހަކާއި ކައިވެނި ނުކުރާށެވެ!  

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން