ދަތުރުމަތީގަ އަބަދު އުޅެންޖެހުނަސް ނަމާދުކުރަންޖެހޭނެ! ނަމާދު ޤަޞްރުކޮށް ނޫނީ ޖަމްޢުކޮށްވެސް ކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ދަތުރުމަތީގަ އަބަދު އުޅެންޖެހުނަސް ނަމާދުކުރަންޖެހޭނެ! ނަމާދު ޤަޞްރުކޮށް ނޫނީ ޖަމްޢުކޮށްވެސް ކުރެވޭނެ!

ކަނޑުމަތީގައި ވަޒީފާ އަދާކުރާ ނުވަތަ ކަނޑުމަތީގައި އަބަދު ދަތުރުކުރާ މީހުންނަށް ނަމާދުކުރަން އޮތް އެންމެ ރަނގަޅުގޮތަކާއިމެދު ކުރެވޭ ސުވާލުގެ ޖަވާބަކީ: 

ކަނޑުމަތީގައާ ދަތުރުމަތީގައި ދަތުރެއްގެމަތީގައި އުޅޭކަމަށް ވަނީނަމަ އޭނާ ވާނި ދަތުރުވެރިއަކަށް. އެއީ އަދި ކިތަންމެ ދުވަހެއް ވަންދެން އެގޮތަށް އުޅެންޖެހުންކަމުގައިވީނަމަވެސް. 

އެހެނެއްނޫން! މިސާލަކަށް އޭނާ ރަށެއްގައި ވަޒަންވެރިވެގެން މަޑުކޮށްގެންގެން ހުންނަކަމަށް ވަނީނަމަ އެއީ އޭރުން އޭނާގެ ދަތުރުވެރިކަން ކެނޑުނީ، އެހެނެއްނޫން އޭނާ އެކިތަންތަނަށް ދަތުރުކުރުންމަތީގައި ދެމިހުންނަ ކަމަށް ވަނީނަމަ އެއީ އަދި އޭނާ ވަޒީފާގެ ގޮތުން ކުރާކަމެއްކަމުގައި ވީނަމަވެސް ނުވަތަ އެނޫން ގޮތަކުން ކުރާކަމެއްކަމުގައި ވީނަމަވެސް ދަތުރުވެރިއެއްގެ ގޮތުގައިވެއްޖެ ކަމުގައި ވަނީނަމަ އޭނާ ބެލެވެނީ ދަތުރުވެރިއަކަށް، 

އެހެންވެއްޖެއްޔާ އޭނާއަށް ނަމާދު ޤަޞްރުކޮށް ޖަމްޢުކުރެވޭނެ. އެއީދަތުރުވެރިއަކަށް ނުވަނަމަ ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަގުތުގައި ކުރަންވާނެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން