އެހެން މީހުންނާއިމެދު ހިތުގަ ހުރި އުދާސްތައް ބޭރުކޮށްލެވިއްޖެ ހެއްޔެވެ؟ އެއީ ހިފާ ރޯދަ ޞައްޙަކުރަން ކޮންމެހެން ކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެހެން މީހުންނާއިމެދު ހިތުގަ ހުރި އުދާސްތައް ބޭރުކޮށްލެވިއްޖެ ހެއްޔެވެ؟ އެއީ ހިފާ ރޯދަ ޞައްޙަކުރަން ކޮންމެހެން ކުރަންޖެހޭ ކަމެއް!

ޝަޢްބާން މަހުން ފެށިގެން މިއަންނަނީ އެކަމަށް ނަބޭޙަތްތެރިވަމުންނެވެ. ރަމަޟާން މަސް ފެށިގެން ކުރިއަށްދަނީއެވެ. މިގެންދަނީ ރޯދަ ހިފަމުންނެވެ! ނިކަން ބުނެބަލާށެވެ! އެހެން މީހުންނާއިމެދު ތިބާގެ ހިތް އޮތީ ކިހިނަކުން ހެއްޔެވެ؟

އާނއެކެވެ! މިދައްކަނީ ހިތް ސާފުކުރުމުގެ ވާހަކައެވެ! އެންމެންނާއިމެދުގައެވެ.

ހިތް ސާފުކުރުމަކީ ހިތުގައި ހުރި ބުރަތައް ފިލުވައިލުމެވެ. އެއްވެސް މީހަކާއިމެދު ހިތްބުރަކަމެއް ނުބޭއްވުމެވެ. މީސްމީހުންނާއިމެދު އުފެދިފައިވާ އުދާސްތައް ހިތުތެރެއިން ބޭރުކޮށްލުމެވެ. އެކަންކަމަށް މަޢާފްކޮށްފައި ހިތް ސާފުކޮށްލުމެވެ.

ޚާއްޞަކޮށް އެމީހެއްގެ ޢާއިލާގެ މީހަކަށް އެއްވެސް ހިތް ބުރަކަމެއް ނުބާއްވާށެވެ. އަނިބިމީހާއަށް ވެސް ފިރިމީހާއަށް ވެސް އަދި ޢާއިލާގެ އެއްވެސް މީހަކަށް އެއްވެސް ހިތްބުރަކަމެއް ނުބާއްވާށެވެ. ހުރިހާ ކަމަކަށް މަޢާފްކުރާށެވެ. އެހެނީ ރޯދައަށް ހުންނައިރު މިފަދަ ކަންކަމަށް ވިސްނުމަކީ ރޯދައިން ބައެއް އުނިވެގެން ހިނގައިދާނެ ކަމަކަށްވާތީއެވެ. ޚާއްޞަކޮށް ހަސަދަވެރިކަމުންނެވެ.

އަހަރެމެންގެ ހިތްތައް ފެނުން ދޮވެ ސާފުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހިތް ސާފުކުރެވޭނީ އަހަރެމެންގެ އަމަލުތަކުންނެވެ. އެންމެ ބޮޑު ބާރަކީ މާފުކުރުމުގައި ދީލަތިވުމެވެ.

ރަމަޟާން މަސް ކާމިޔާބުކުރަން އިތުރު ހިތްވަރާއިއެކު ހިތުގައި ޢަޒުމް ކަނޑައަޅަން ޖެހެއެވެ. އަދި އެ އަޒުމް ތަންފީޒުކުރަން ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. ރަމަޟާން މަހަށް ހިތް ތައްޔާރުކުރުމަކީ އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން