އާދެ! ޢައިޝާ ރަޟިޔަﷲ އަންހާގެ ފަރާތުން ރިވާވެފައިވަ ޙަދީޘްފުޅެއްގައި ވެއޭ -- " ފަތިސް ނަމާދުގެ އިހު ސުންނަތް، އެ ސުންނަ މަތިވެރިވެގެން ވެއޭ ދުނިޔެއާ، ދުނިޔެ ނިކަން ބައްލަވާ، ދުނިޔެއާ އަދި ދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ ބޮޑަށް. ދެ ރަކްޢަތް. އާދައިގެ ކުޑަ ދެ ރަކްޢަތް. ލުއިފަސޭހަ ދެ ރަކްޢަތް. މި ދެރަކްޢަތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގަ މަތިވެރިވެގެން ވެޔޭ ދުނިޔެއާ ދުނިޔޭގައިވާ ހުރިހާ އެއްޗެއް.
ނިކަން ވިސްނަވާ! ދުނިޔެއާ ހެދި އަޅުގަނޑުމެން، ދުނިޔޭގެ މަދު ލާރިކޮޅަކާ ހެދި، ދުނިޔޭގެ މަދު މުދާކޮޅަކާހެދި، މުޅި ދުނިޔެއެއްވެސް ނޫން. ދުނިޔޭގެ މަދު މުދާކޮޅަކާހެދި، ދުނިޔޭގެ މަދު ލާރިކޮޅަކާ ހެދި އަޅުގަނޑުމެންގެ ހުރިހާ ވަގުތުތަކެއް ހޭދަކޮށް، އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކާ ވާދަކޮށް މި ހަދަނީ. ދުނިޔެ ލިބިގަތުމަށްޓަކާ. ދުނިޔެއިން އެތިކޮޅެއް ލިބިގަތުމަށްޓަކާ.
ނިކަން ބައްލަވާ އެ ފަތިސްނަމާދުގެ ސުންނަތް އެހާ މަތިވެރި. ދެން ކޮބާތޯ ފަތިސްނަމާދުގެ ހުންނާނެ މަތިވެރިކަން. އެ މަތިވެރިކަން އަޅުގަނޑުމެންނަށް ތަސައްވުރުވެސް ނުކުރެވޭ.
އެހެންވީމަ މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަވާތިބު ސުންނަތްތަކުގެ ތެރެއިންވެސް އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދެއްވީ ފަތިސް ނަމާދުގެ އިހު ސުންނަތަށް.
އާދެ އެހެންވީމަ ރިވާވެގެން އައިސްފައިވޭ ފަތިސް ނަމާދުގެ އިހު ސުންނަތާ ބެހޭގޮތުން، އެކަލޭގެފާނު ދަތުރުފުޅު މަތީގަވެސް ދޫ ނުކުރައްވާ ކަމަށް. އެހެން ރަވާތިބު ސުންނަތްތައް އެކަލޭގެފާނު ނުކުރައްވާ ދަތުރުމަތީގައި. އެހެންމެ ފަތިސްނަމާދާއި ދަމު ނަމާދު. ރޭ އަޅުކަން އެކަލޭގެފާނު ދޫކޮށެއް ނުލައްވާ ދަތުރު މަތީގަވެސް އަދި އެކަލޭގެފާނު ރަށުގަ ޤާއިމްވެވަޑައިގެން ހުންނަވާ ވަގުތުގައިވެސް.
އަޅުގަނޑުމެންވެސް ޖެހޭނެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ސުންނަތް ދިރުވޭތޯ ބަލަން. މި ނަމާދުގެ މަތީގަ އަޅުގަނޑުމެންނަށް ސާބިތުވެ ތިބެވޭތޯ ބަލަން. އެއީ މި ނަމާދަކީ ދުނިޔެއާ އަދި ދުނިޔޭގައިވާ ހުރިހާ އެއްޗަކަށް ވުރެވެސް ހެޔޮކަން ބޮޑު ނަމާދެއް
- ޝެއިޚް ޝަފީއު އަބްދުﷲ