ތިމާގެ ހެޔޮކަން ދައްކަން އެއްވެސް މީހަކަށް އެހީތެރިވާ މީހުންނަށް ނަރަކަ ނޫންތަނެއް ނެތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ތިމާގެ ހެޔޮކަން ދައްކަން އެއްވެސް މީހަކަށް އެހީތެރިވާ މީހުންނަށް ނަރަކަ ނޫންތަނެއް ނެތް-

ތިމާއަކީ ދީލަތި މީހަކުކަން މީސްތަކުންނަށް ދައްކަން މީހުންނަށް އެހީތެރިވުމަކީ ނުބައިކަން އެންމެ ބޮޑު އެއް ޢަމަލެވެ. އެހެނީ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ ހަމައެކަނި ﷲ ތަޢާލާގެ ޙްޟްރަތަށް ހިތްނިޔަތް ޚާލިޞްކޮށްގެން ކުރާ ޢަމަލުތަކެވެ. އެޢަމަލުގައި ދެއްކުންތެރިކަން ހިމެނިގެންވާނަމަ އެކަންވާނީ ލިބިގަނެވޭ ޢަޛާބަކަށެވެ. 

ބައެއް މީހުން އެމީހަކު އެހީތެރިވެދޭންޖެހޭނެ ޢާއިލާގެ މީހުންނަށާއި އެހެން މީހުންނަށް އެހީތެރިވަނީވެސް ދެއްކުންތެރިކަން ކުރިއަށް ނެރެގެންނެވެ. ތިމާއަކީ ދީލަތި، އެހެން މީހުންނަށް ހެޔޮކޮށްހިތާ މީހަކުކަން އަންގަންވެގެންނެވެ. 

އެހެނަސް އެފަދަމީހުންނަކަށް އެކަމަކުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އަދި އެމީހަކަށް ހުރީ ގެއްލުމާއި ހަލާކެވެ. 

﴿وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا﴾ [ފުރުޤާން 23]

މާނައީ: ”އަދި ޢަމަލުތަކުގެ ތެރެއިން އެމީހުން ކުރި ކަންތައްތައް ތިމަން އިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާ ބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ." 

މިއާޔަތުގައި މިވަނީ ދެއްކުންތެރިކަމާއެކު ދުނިޔެމަތީގައި ޢަމަލުތައް ކޮށްއުޅުނު މީހުންގެ ވާހަކައެވެ. 

مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾ [ހޫދު 15، 6]

މާނައީ: "ދުނިޔޭގެ ދިރިއުޅުމާއި އެދުނިޔޭގެ ޒީނަތްތެރި ކަމަށް އެދޭމީހާ ދަންނާށެވެ. އެއުރެންގެ ޢަމަލުތައް ތިމަންރަސްކަލާންގެ އެއުރެންނަށް އެތާންގައި ހަމައަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާންގައި އުނި ނުކުރެއްވޭހުއްޓެވެ. އެއުރެންނީ އާޚިރަތުގައި ނަރަކަނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުނެވެ. އަދި އެއުރެންކުޅަ ޢަމަލުތައް، އެތާންގައި ބޭކާރު ވެގެންވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާޠިލުވެގެން ވެއެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން