އަނެކާގެ ކިބައިން ކިތަންމެ ބޮޑު އަނިޔާތަކެއް ލިބިފައިވީނަމަވެސް ރަޙިމްގެ ގުޅުން ކަނޑައެއް ނުލެވޭނެ! އެއީ ސުވަރުގެ ނުވައްދަވައިފާނެ ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަނެކާގެ ކިބައިން ކިތަންމެ ބޮޑު އަނިޔާތަކެއް ލިބިފައިވީނަމަވެސް ރަޙިމްގެ ގުޅުން ކަނޑައެއް ނުލެވޭނެ! އެއީ ސުވަރުގެ ނުވައްދަވައިފާނެ ޢަމަލެއް!

މީސްތަކުންނަށް މިއަދު ކުރިމަތިވެގެން އުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ ރަޙިމުގެ ގުޅުން ދަމަހައްޓަން އިހްމާލުވެވޭ ކަމެވެ. މިޘާލަކަށް ބުނާނަމަ ތިމާގެ އަޚުންނާއި އުޚުތުންނާއިމެދު މައްސަލައެއް ޖެހިފައި ނެތްނަމަ އެއްބައަކު ބަލަނީ ރަޙިމުގެ ގުޅުން ދެމެހެއްޓެނީ ކަމަށެވެ.  

އެއްވެސް ޙާލެއްގައި އެއީ އެގޮތަށް އޮތްކަމެއް ނޫނެވެ. އެކަކު އަނެކާގެ ޙާލު ބަލަންޖެހެއެވެ. އެހީތެރިވާންޖެހެއެވެ. އަނެކާގެ ހިތާމަތަކާއި ކަންބޮޑުވުންތަކުގައި ބައިވެރިވެ ހިތްވަރުދީ އެކަންކަމުން އަރައިގަންނަން ހިތްވަރުދޭންޖެހެއެވެ.  

އަނެކާ ތިމާއާއިމެދު ކަންކަން ކުރާގޮތަށް ނުބަލާށެވެ! ތިބާގެ ވާޖިބް އަދާކުރަމުން ގެންދާނަމަ ﷲ ތަޢާލާ ތިބާއަށް ހެޔޮ ރަހްމަތް ލައްވަވާނެތެވެ. ވީމާ އެއީ އަނެކާ ކަންކަންކުރާ ގޮތާއި ގުޅުވެން އޮތް ކަމެއް ނޫނެވެ. ވީމާ އޭނާ ކަންކަން ކުރާ ގޮތް އޭނާއަށް ދޫކޮށްލާށެވެ!  

މިއީ ﷲ ތަޢާލާގެ ރަޙްމަތުން ފުރިގެންވާ ބަރަކާތްތެރި ރަމަޟާން މަހެވެ. ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރަނީ އޭނާގެ ފާފަތައް ފުއްސަވައިދެއްވަވައި ރަމަޟާން މަހު ސުވަރުގެ ވައްދަވާ އަޅަކުކަމުގައިވުމަށެވެ. ރަޙިމުގެ ގުޅުން ކަނޑައިގެން ހުރުމުން ސުވަރުގެ ނުވައްދަވައިފާނެ ކަމަށް ބިރުވެތިވާށެވެ.  

ވިސްނައިލާށެވެ! ބިރުވެތިވާށެވެ! މިބަސްފުޅާއިމެދުގައެވެ. 

"އެންމެ ހެޔޮ މީހަކީ އިސްވެ ގުޅުން ދަމަހައްޓަން މަސައްކަތްކުރާ މީހާ ކަމުގައި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. އަޚާގެ ފަރާތުން ކިތަންމެ ބޮޑު އަނިޔާތަކެއް ލިބިފައިވީނަމަވެސް ރަޙިމްގެ ގުޅުން ކަނޑައެއް ނުލެވޭނެއެވެ. ރަޙިމްގެ ގުޅުން ކަނޑައިފިމީހާ ސުވަރުގެ ނުވަންނާނެ ކަމަށް ޙަދީޘްގައި އޮވެއެވެ!"

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް   

ޙަދީޘްފުޅުގައިވާ ފަދައިން އެންމެ ހެޔޮ މީހަކަށްވާން މަސައްކަތްކުރާށެވެ.

މިއަދު އޮންލައިން