ﷲ ތަޢާލާ ގެ ޙުކުމްފުޅާއި އަޅުކަންކުރުމުގަ ޝަރީކުރުން- ކޮންމެ އެނގެންޖެހޭ 2 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ﷲ ތަޢާލާ ގެ ޙުކުމްފުޅާއި އަޅުކަންކުރުމުގަ ޝަރީކުރުން- ކޮންމެ އެނގެންޖެހޭ 2 ކަމެއް!

الله تعالی ގެ ޙުކުމަކީ ކޮބައިކަމާއި އަދި އެ ޙުކުމުގައި ޝަރީކް ކުރުމަކީ ކޮބައިކަން ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގެން ޖެހޭނެއެވެ. ނޫންނަމަ ކުރާ އަޅުކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ތަނުގައި ޝަރީކުކުރުމުގެ ފާފަވެސް ބޮލުގައި އަޅަންޖެހުން އޮންނާނީ ދާދިގާތުގައެވެ. 

ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

ﷲ ގެ ޙުކުމަކީ އެއީ الله سبحانه وتعالى ވަކިގޮތަކަށް ކަނޑައަޅުއްވާ އަންގަވާފައިވާ ކަންތައްތަކެވެ. ﷲ ޤްރުއާނުގައި ނުވަތަ އެކަލާންގެ ރަސޫލާ صَلّى الله عَلَىهِ وَسَلّمْ މެދުވެރިކުރައްވާ އަންގަވާފައިވާ ކަންތައްތަކެވެ. 

ޝަރީކް ކުރުމަކީ އެއީ އެކަމެއްކުރުމުގައި ﷲ އާއެކުގައި އެހެން ފަރާތެއް ބައިވެރިކުރުމެވެ.  

މިސާލަކަށް އަޅުގަނޑުމެން ނަމާދު ކުރަންޖެހެނީ ހަމައެކަނި ﷲ އަށްޓަކައެވެ. ނަމާދުކުރާއިރުގައި އެހެންމީހަކަށް ދެއްކުންތެރިކަން އެކަމުގައި ބައިވެރި ވެއްޖެކަމަށް ވަނީނަމަ އޭގެ މާނައަކީ އޭނާ ﷲ ގެ حضرة ން ދަރުމައާ ސަވާބަށް އެދުމާ އެކީގައި އަދި އެހެންމީހެއްގެ ރީތިނަން ހޯދަންވެސް އޭނާއަށް އެކަމުގައި ބޭނުންވުމެވެ.   

އެހެންވެއްޖެނަމަ އެވަނީ ﷲ އާއެކު އެހެންފަރާތެއް ބައިވެރި ކުރެވިފައެވެ. އެއަށް މިކިޔަނީ ޝަރީކްކުރުމެވެ. އެހެންވީމާ އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއެކީގައެވެ. މާނައަކީ ހަމައެކަނި ﷲ ގެ حضرة ން ދަރުމަ އާއި ސަވާބަށް އެދިގެން އެކަމުގައި އެއްވެސް ޙާލެއްގައި އެހެންމީހެއްގެ ފަރާތުން ލިބިދާނެ ރީތި ނަމަކަށް މީހަކު ބުނެފާނެ ހެޔޮބަހަކަށް ބަލައިގެންނެއްނޫނެވެ.   

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން