ދެން މިއޮތީ ޢީދު ނަމާދުގެ، ޢީދު ނަމާދާ ގުޅިގެން ސުންނަތް ނަމާދެއް އޮވޭތޯ؟ މިހާރު މެންދުރު ނަމާދު ކުރީގަ އިހު ސުންނަތް 4 ރަކްޢާތް އެބައޮތް، ފަހަތުގަ 2 ރަކްޢަތް އެބައޮތް. ފަތިސްނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތް އެބައޮތް. ހަމަ އެގޮތަށް ޢީދު ނަމާދާ ގުޅިގެން ސުންނަތް ނަމާދެއް އޮވޭތޯއޭ؟
އެއީ ބައެއްފަހަރު އަޅުގަނޑުމެންނަށް މިސްކިތަށް ދާއިރު ސުންނަތް ނަމާދުކުރާތަން ފެނޭ ޢިދު ދުވަހުގައިވެސް. އޭގެ ޖަވާބަކީ، ޢީދާ ޢީދު ނަމާދާ ގުޅިގެން ސުންނަތް ނަމާދެއް ނެތް. ނަމަވެސް އަޅުގަނޑުމެންނަށް އެ ފެންނަނީ މިސާލަކަށް މިސްކިތަށް މީހަކު ގޮއްސި ކަމަށްވެއްޖެއްޔާމު ސުންނަތް 2 ރަކްޢަތް ކުރަންޖެހޭ. އެއީ މަސްޖިދުއް ސުންނަތް އެއަށް މި ކިޔަނީ. ނުވަތަ ތަޙިއްޔަތުލްމަސްޖިދޭ އެއަށް މި ކިޔަނީ. އެއީ މިސްކިތު ސުންނަތް. އެއީ މިސްކިތު ސުންނަތް މި އަންނަ ގޮތަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްފުޅު ކުރައްވާފައިވަނީ، މީހަކު މިސްކިތަށް ގޮއްސިއްޔާމު އޭނަ މިސްކިތުގަ އިށި އިނުމުގެ ކުރިން 2 ރަކްޢަތް ނަމާދެއް ކުރާށޭ. އެހެންމަ އެއީ ތަޙިއްޔަތުލް މަސްޖިދޭ ނުވަތަ މިސްޖިދު ސުންނަތޭވެސް، މިސްކިތުގެ ސުންނަތޭ އެހެން އެ ނަމާދަށް މި ކިޔަނީ. ވަރަށް ވަރުގަދަ ނަމާދެއް އެ ނަމާދު ކުރުމަށްފަހު ނޫނީ އިށިއިނުން ރަނގަޅު ނުވާ ނަމާދެއް އެ ނަމާދަކީ.
އެހެންވީމަ މިސްކިތުގަ އިށީންނަ ކަމަށް ވެއްޖިއްޔާމު އެ ނަމާދު ކުރަންޖެހޭ. އެއީ މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނު ޙުތުބާ ދެއްވަން އިންނަވަނިކޮށް ހުކުރު ދުވަހެއްގަ، މީހަކު އައިއްސަ ނަމާދު ނުކޮށް އިށިއިނީމަ، އެކަލޭގެފާނު ޙުތުބާ ހުއްޓަވާލައްވާފަ އެމީހާޔަށް މުޙާތަބު ކުރައްވާ އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވަނީ ތެދުވެ ނަމާދުކުރާށޭ 2 ރަކްޢަތް ނަމާދެއް. އެހާ ވަރުގަދަ ސުންނަތެއް މިސްކިތު ސުންނަތަކީ. އެހެންމަ އެހާ ވަރުގަދަ ސުންނަތެއް މިސްކިތު ސުންނަތަކީ. އެހެންމަ އަޅުގަނޑުމެން މިކަން ހަނދާކުގަ ބަހައްޓަންޖެހޭނެ. މިސްކިތަކަށް ގޮއްސިކަމަށް ވެއްޖެއްޔާ މިސްކިތުގަ އިށިއިނުމުގެ ކުރިން ސުންނަތް 2 ރަކްޢަތް ކުރަންޖެހޭނެ.
މިސްކިތަށް ދާ ކަމަށް ވެއްޖެއްޔާ އެ ސުންނަތް އޮންނާނެ. އެ ސުންނަތް އޮންނާނެ ޢީދު ދުވަހުވެސް، ޢީދު ނަމާދަށް ދާ ކަމުގައި ވެއްޖެއްޔާމުވެސް މިސްކިތައް ދެއްވިއްޖެއްޔާމު މިސްކިތު ސުންނަތް އޮންނާނެ.
ނަމަވެސް މައިދާނުގަ، މައިދާނުގަ ކުރާ މިހާރު އަޅުގަނޑުމެންގެ ގިނަ ރައްރަށުގަޔާ، މާލޭގަވެސް އާންމުކޮށް މައިދާނުގަ މީހުން ނަމާދު ކުރަނީ ޢީދު ނަމާދު. އެހެންވެއްޖެއްޔާ މައިދާނަށް ގޮއްސިއްޔާމު ކުރާކަށް ނުޖެހޭނެ 2 ރަކްޢަތް މަސްޖިދު ސުންނަތް ނުވަތަ ތަޙިއްޔަތުލް މަސްޖިދް. އެއީ މިސްކިތައް ހާއްސަ ޙުކުމަކަށް ވާތީ. އެހެންމަ އެ ޙުކުމް ގެއަށްވެސް އަންނާނީ. ހަމަ މުޞައްލަ، ގޭގަ ތިކުދިން ނަމާދު ކުރާކަމަށް ވެއްޖެއްޔާމު، ޢީދު ނަމާދު ކުރާކަމަށް ވެއްޖެއްޔާމު މިސްކިތު ސުންނަތެއް ނޯންނާނެ. އަދި ޢީދުގެ ސުންނަތެއް ވެސް ނެތް. އެހެންވީމަ އެއީ ޢީދު ނަމާދާ ގުޅިގެން ސުންނަތެއް އޮވޭތޯ، ސުންނަތް ނަމާދެއް އޮވޭތޯ ނޫންތޯ، އެޔަށް ދޭނެ ޖަވާބަކީ. އޭގަ ސުންނަތުން ވާރިދުވެފަކާ ނެތް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުން ވާރިދު ވެފަކާ ނެތް ސުންނަތް ނަމާދެއް ޢިދާ ގުޅިގެންނެއް.
- ޝައިޚް ޝަފީޢު ޢަބްދުﷲ