ގެއަށްވަންނަ އާދަ ބަދަލުކޮށްގެންނޫނީ ގޭގަ ހަމަޖެހުމެއް ނުލިބޭނެ! ރަނގަޅު ގޮތުގަ ދަރިން ތަރުބިއްޔަތެއްވެސް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ގެއަށްވަންނަ އާދަ ބަދަލުކޮށްގެންނޫނީ ގޭގަ ހަމަޖެހުމެއް ނުލިބޭނެ! ރަނގަޅު ގޮތުގަ ދަރިން ތަރުބިއްޔަތެއްވެސް ނުކުރެވޭނެ!

މިހާރަކަށް އައިސް ގެއަށް އައިސް ވަންނަނީ ކޮންމެވެސް ފިކުރެއްގައި ހުރެގެންނެވެ. ބޭރުގައި އުޅުނުއިރު ކުރިމަތިވި ކޮންމެވެސް ކަމެއްގެ ފިކުރުގައި ހުރެއެވެ. ނުވަތަ ގެއަށް އައުދެވުނުލެއް ލަސްކަމުން ބައިވެރިޔާ ކޮށްފާނެ ޝަކުވާތަކަށް ދޭނެ ޖަވާބަކަށް ވިސްނަމުންނެވެ. 

މިފަދަ ފިކުރުތަކުގައި ހުރެގެން ގެއަށް ވަދެގެން ސަލާމަތްވެވޭކަށް ނެތެވެ. އެއިރުން ގެއަށް އެވަދެވެނީ ޝައިޠޯނާ ގޮވައިގެންނެވެ. އޭއްޗަށް ގެއަށް ވަދެވުމާއިއެކު ގޭގައި ހަމަނުޖެހުން އުފައްދުވަން މަސައްކަތްފަށާނެއެވެ. ކުޑަކުދިންގެ ވިސްނުމާއި ކުޅެންފަށާނެއެވެ. ތަފާތު ވަސްވާސްތައް ދީގެން ކުދިންގެ ވިސްނުމާއި ކުޅެން ފަށާނެއެވެ. 

ކުދިންގެ ކިޔެވުމަށްވެސް ހުރަސްއަޅާނެއެވެ. ކުޅިވަރުކުޅުމާއި މަޖަލުގައި އުޅެން ހިތްވަރުދޭނެއެވެ. ކުދިންގެ މެދުގައި ފިތުނަ އުފައްދުވާނެއެވެ. ނަތީޖާއަކަށްވާނީ ކުދިން މައިންބަފައިންގެ ބަސް ޤަބޫލުނުކުރުމެވެ.

މިފަދަ ހުރިހާ ކަންކަމުން ސަލާމަތްވުމަށްޓަކައި ގެއަށް ވަންނަހިނދު އެންމެ ކުޑަމިނުން މިވަރުކޮށްލާށެވެ! 

قَالَ النَّبِيُّ ﷺ: «إِذَا دَخَلَ الرَّجُلُ بَيْتَهُ، فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ، قَالَ الشَّيْطَانُ: لَا مَبِيتَ لَكُمْ، وَلَا عَشَاءَ». [رَوَاهُ مُسْلِمٌ] 

ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. "މީހަކު އޭނާގެ ގެއަށް ވަންނަހިނދު ﷲ ހަނދުމަކޮށްފިނަމަ އަދި ކާއިރުގައި ﷲ ހަނދުމަކޮށްފިނަމަ (އެބަހީ: باسم الله ކިޔައިފިނަމަ) ޝައިޠާނާ (އެހެން ޝައިޠާނުންނަށް) ބުނާނެއެވެ.

ތިޔަބައިމީނުންނަށް މިގޭގައި ރޭކުރާނެ ތަނެއް އަދި ރޭގަނޑު ކާނޭ އެއްޗެއްވެސް ނުވެއެވެ." 

ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން