ރޯދަ ނުހިފާ ކުޑަކުދިންގެމަތިންވެސް ފިޠުރު ޒަކާތް ދައްކަން ޖެހޭނެތަ؟ ޢާއިލާގެ މީހުންގެ ފަރާތުންވެސް ދެއްކޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ރޯދަ ނުހިފާ ކުޑަކުދިންގެމަތިންވެސް ފިޠުރު ޒަކާތް ދައްކަން ޖެހޭނެތަ؟ ޢާއިލާގެ މީހުންގެ ފަރާތުންވެސް ދެއްކޭނެތަ؟

ދެން އޮތީ ފިޠުރު ޒަކާތް. ފިޠުރު ޒަކާތް ނުދީ ހުރި މީހެއްކަމަށް ވެއްޖެއްޔާމު، ޒަކާތުގެ އަސްލު ވަޤުތަކީ އެންމެ މާތް މަތިވެރި ވަޤުތަކީ ރޯދަމަހުގެ އެންމެ ފަހު ދުވަހު އިރު އޮއްސުމާއެކު ގޮއްސަ ޢީދު ނަމާދުގެ ކުރިން. އެހެންމެ ޢީދު ނަމާދަށް ތެދުވުމުގެ ކުރިން، ޢިދު ނަމާދާށް ފެށުމުގެ ކުރިން އެ ދެމެދުގަ އެއޮތީ ވަޤުތު.

އުޅެންޖެހޭ ދަތި ޙާލުގެ ސަބަބުން ނުދެއްކި އޮވެދާނެ. ނުދެއްކި ހުރި މީހެއް ވެއްޖެކަމަށް ވެއްޖެއްޔާމުވެސް އޭނަ އާއިލީ އޭނަގެ އާއިލާގެ ތެރޭގައިވެސް ފަޤީރު މީހެއް ހުރެއްޖެ ކަމަށް ވެއްޖެއްޔާމުވެސް، އަދި އޭނަ ދަންނަ އަވައްޓެރި ފަޤީރު މީހެއް ހުރެއްޖެކަމަށް ވެއްޖެއްޔާމުވެސް އެމީހަކަށް ސާއެއްގެ މިންވަރު، (ސާއެއްގެ މިންވަރަކީ ގާތްގަނޑަކަށް 3 ކިލޯ) ހަނޑު، ފުށް މިކަހަލަ އާންމުކޮށް އެ ރަށެއްގަ ބަޔަކު ކާ ބޯ އުޅޭ ސާމާނު އެއްޗެއް ހަމަ ދޭންވީ. ބޮލަކަށް ތިނެއް. އެދެން ފިޠުރު ޒަކާތް ނެރޭއިރު އޭނާގެ ދަށުގަތިބޭ ޑަކުދިންނަށްވެސް ނެރެންވާނެ. އެހެންމަ އެވެސް ސުންނަތް ގޮތެއް މުސްތަޙައްބު ގޮތެއް. އޭނައަށް ވާޖިބު ވެގެންވަނީ އޭނަޔާ އޭނަގެ ދަށުގަ ތިބޭ ބަޔަކަށް އެ ޒަކާތް ދައްކަން. އެހެންވީމަ އޭނަ އެ އެންމެންނަށް ދައްކަންޖެހޭނެ.

ބައެއްފަހަރު އެބަ އާދޭ ސުވާލެއް، ޝޭހޫއޭ މީ ކުޑަކުދިން ނޫންހޭ، މިމީހުން ރޯދައެއްވެސް ނުހިފައޭ. އެހެންވެއްޖެއްޔާ އެމީހުންގެ ކިބައިން ނެރެންޖެހޭނެހޭ؟ އާދެ އެމީހުންގެ ކިބައިން އެމީހުންގެ މައިންބަފައިން ނެރެންޖެހޭނެ. އެއީ އެކަން އޮނަން ގޮތަކީ. އެހެންވީމަ ފިރިމީހަ، ގޭގެ ފިރިމީހާގެ މައްޗަށް ވާޖިބު ވެގެން ވަނީ އޭނަގެ އަނބި ދަރިންނަށް ޒަކާތް ނެރެން.

މިސާލަކަށް އޭނަގެ ފަރާތުން އޭނަގެ އާއިލާ މީހަކު ނެރުނިއްޔޯ. އެހެން ވެއްޖެއްޔާ އެ ސުވާލުވެސް އެބައާދޭ. ޝޭހޫއޭ މިސާލަކަށް ތިމަންނަ ތިމަންނަގެ އާއިލީ މީހުންގެ ފަރާތުން މި ނެރެނިއްޔޭ ޒަކާތް. އެހެން ވެއްޖެއްޔާ ރަނގަޅުވާނެހެ؟ އާދެ ރަނގަޅުވާނެ އެ ހަމަ އެމީހުންނަށް އަންގާލާފަ އެމީހުން އެކަމާ އެއްބަސް ވަންޔާ ހަމަ ނެރެންވީ، އޭގަ އެއްވެސް މައްސަލައެއް ނެތް. އޭރުން ޒަކާތް  ދެއްކިފަ އެއޮތީ އެ މީސްމީހުންގެ މަތިންވެސް.

- ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން