ދެމަފިރިންގެ މެދުގަ ލޯބި އިތުރުވެ ގުޅުން ބަދަހިވަމުންދާނެ ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދެމަފިރިންގެ މެދުގަ ލޯބި އިތުރުވެ ގުޅުން ބަދަހިވަމުންދާނެ ކަމެއް-

ބުނަންހެއްޔެވެ؟ ރޭގަނޑު ނުވަތަ އެނޫންވެސް ވަޤުތަކު އެމީހަކު ކާނެ ގަޑި އެމީހަކަށް ކަނޑައެޅިދާނެއެވެ. އެހެނީ ކަންކަން ދިމާވާގޮތަކުން ޢާންމުކޮށް ކައިއުޅޭ ގަޑީގައި ބަނޑުހައިނުވާދުވަސްވެސް އަންނާނެއެވެ. އަދި ކާހިތްނުވާތީ ޖޫސްތަށްޓެއް ބޯލަން ބޭނުންވާ ފަހަރުވެސް އަންނާނެއެވެ. އެއީވެސް މައްސަލައެއް ނޫނެވެ.  

އެހެނަސް އަނެކާ ކާ ވަޤުތު އޭނާ އެކަނި ނުކުރާށެވެ! ފެންފޮދެއް ބޯލަން ނަމަވެސް ކުރިމަތީގައި އިންނާށެވެ! ދެމީހުން އެކުގައި ތިބޭށެވެ. އަނބިންނަށް ދަރިން ބަލަންޖެހޭތީ ކުރިމަތީގައި އިނދެވެން ނެތް ވަޤުތެއްނަމަ ކިރިޔާވެސް ވާން އޮތިއްޔާ ފެންނަ ހިސާބުގައި ހުންނާށެވެ! އަނެކާއަށް ތިމާ އިންނަން މިޖެހެނީ އެކަނިކަން އިޙްޞާޞްވިޔަ ނުދޭށެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މިހުންނަނީ އެކަންކަމަށް ސަމާލުކަންދޭނަމަ ދެމަފިރިންގެ މެދުގައި ގުޅުން ބަދަހިވެ ލޯބިއިތުރުވާނެ ކަންކަމެވެ. ޒަވާޖީ ޙަޔާތް އުފާވެރިކުރުމަށް ހުރި ރިވެތި އަދަބުތަކެވެ.  

މިޒަމާނުގައި ކެއްކުމަކީ ހަމައެކަނި އަނބިންކުރާކަމެއް ނޫނެވެ. ފިރިންވެސް ކައްކައެވެ. ބައެއް ތަކެތި އަނބިންނަށްވުރެ މާމީރުކޮށް ތައްޔާރުކުރާ ފިރިންވެސް ބައިވަރެވެ. ބުނެލަން އޮތީ ފިރިމީހާ އެއްޗެއް ތައްޔާރުކުރިނަމަވެސް ހަމައެކަނި ތިމާއަށް ފުދޭވަރަށް ތައްޔާރުކޮށްގެން އެކަނި ކައިނުލާށެވެ! ދެމީހުންނަށް ފުދޭވަރަށް ތައްޔާރުކޮށް ދެމީހުން އެކުގައިކާށެވެ.  

ޒަވާޖީ ހަޔާތުގައި ދެމީހުންވެސް ވާންޖެހޭނީ ހުރިހާ ކަންކަމުގައިވެސް ބައިވެރިންނަށެވެ. އެކަނިއެކަނިވެގެން އުޅުމަކީ ހުލަނގުގެ އުޞޫލެކެވެ. އެއީ މުސްލިމުންގެ މެދުގައި އޮވެގެންވާނެ ގޮތެއް ނޫނެވެ.  

- އަލަފް / މިއަދުނޫސް

 

 

މިއަދު އޮންލައިން