ދައްޖާލުންނަކީ ކޮބައިކަން އެނގޭތަ؟ ދައްޖާލުންތަކުގެ ކިބައިން ސަލާމަތްވާން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދައްޖާލުންނަކީ ކޮބައިކަން އެނގޭތަ؟ ދައްޖާލުންތަކުގެ ކިބައިން ސަލާމަތްވާން އެބަޖެހޭ!

ދައްޖާލުންތައް ފައުޅުވެ ފުރިއްޖެއެވެ. މިއީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ. އެނގިހާމަވަމުންދާ ކަންކަމުން އެނގެނީ މިއީ އެންމެންނަށްވެސް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމެވެ. ސަލާމަތްވާން މަސައްކަތްކުރަންޖެހިފައިވާ ކަމެއްކަމެވެ. ހަމަ ކޮންމެ މީހަކަށްވެސް އޮތީ ދައްޖާލަކަށްނުވެ ހުންނަން މަސައްކަތްކުރުމެވެ.  

އެންމެ ހިތާމަހުރިކަމަކީ ދައްޖާލުންނާއިމެދު ދޭންޖެހޭ ސަމާލުކަން ނުދެވޭކެމެވެ. ބޮޑެތި ގެއްލުންތައް ލިބެމުން މިދަނީ އެކަމަށް ސަމާލުކަން ނުދެވޭތީއެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ދައްޖާލުންނަކީ ކޮބައިކަން ދަސްކޮށްލައްވާށެވެ!   

ދައްޖާލޭ ބުނީމާ އުފެދިދާނެ ހަމަ ސުވާލެއް ކާކުހޭ ދައްޖާލަކީ. ކީއްވެގެންބާއޭ ދައްޖާލޭ ކިޔުނީ. 

ދައްޖާލޭ މިކިޔަނީ ޙަޤީޤަތުގައި ޢަރަބި ބަހުގައި ދޮގުހަދާ އޮޅުވާލާ މީހުންނަށް. އެއީ ދައްޖާލުންނަކީ. އަޅުގަނޑުމެންވެސް މިހެންއުޅޭއިރ ބައެއްފަހަރު ކިޔޭ ދެއްތޯ ދައްޖާލޭ، މީ ދައްޖާލެކޭ. ޙަޤީޤަތުގައި އެއީ ލުޣަވީގޮތުން، އެހެންގޮތަކަށް ބުނާނަމަ ބަހަވީ، ގޮތުން އޭތި ބުނެވޭ އެއް މާނަ އެއީ، އެއްކަލަ އޮޅުވާލާމީހާ، ދޮގުހަދާ މީހާ، އެފަދަމީހުންނަށް ނިޞްބަތްކުރެވޭ. 

އެކަމަކު މަސީޙުއް ދައްޖާލު، މަސީޙް އައް ދައްޖާލު ނިޞްބަތްވަނީ އެންމެ މީހަކަށް. އެއީ އަޅުގަނޑުމެން މިކިޔާ ޤިޔާމާތުގެ ބޮޑު ޢަލާމާތްތަކުގެ ތެރެއިން މިއަންނަ މަސީޙުއް ދައްޖާލުގެ ވާހަކަ.  

- އައްޝެއިޚް އަބްދުﷲ ސަޢުދާންގެ ބަސްފުޅަކުން

 

މިއަދު އޮންލައިން