ﷲ ދެއްވެވި ޓެކްނޮލޮޖީގެ ބޭނުންކުރަންވީ ނަމާދުކުރަން ހަނދާންކުރާށާ އެހެން މީހުންނަށް ހަނދާންކޮށްދޭން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ﷲ ދެއްވެވި ޓެކްނޮލޮޖީގެ ބޭނުންކުރަންވީ ނަމާދުކުރަން ހަނދާންކުރާށާ އެހެން މީހުންނަށް ހަނދާންކޮށްދޭން!: މުފްތީ މެންކް

ކާފިރުންގެ ވާހަކަ ބާއްވާށެވެ! އެމީޙުން ތައްޔާރުވެގެން އެތިބީ މަރުވުމުން ނަރަކައަށްވަންނަން ކަމުގައިވެފައި އޮތުމަކީ އެމީހުންގެ މައްސަލައެކެވެ. އަހުރެންނަށް އެންމެ ބޮޑު މައްސަލައަކަށްވަނީ ނަރަކައިން ސަލާމަތްވާން ކުރަންޖެހޭ މަސައްކަތް މުސްލިމުންނަށް ނުކުރެވޭ ކަމެވެ.

ބަންގީގެ އަޑު މުސްލިމުންނަށް އިވުމުން ނަމާދުކުރަން އަވަސްވެނުގަންނަކަމެވެ. ނަމާދުނުކޮށް ނަރަކައިން މިންޖުނުވެވޭނެކަން އެނގެން އޮތްއިރު އެކަމަށް މުސްލިމުން ސަމާލުންގެ ގިނަބައަކަށް ސަމާލުކަން ނުދެވޭކަމެވެ.  

ހުރިހާ ނަބީބޭކަލުންނާއި ރަސޫލްބޭކަލުންވެސް ފޮނުއްވެވުނީ އެއް ބޭނުމަކުއެވެ. އެއީ ﷲ ތަޢާލާ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށާއި ﷲ ތަޢާލާ އަށް އަޅުކަންކުރަން އެނގެވުމަށެވެ. ވީމާ އަހަރެމެންގެ މައްޗަށްވެސް ވާޖިބުވެގެންވަނީ އެކަން އެގޮތަށް ކުރުމާއި އެކަންކަން ކުރަން މީސްތަކުންނަށް ހަނދާންކޮށްދިނުމެވެ.  

ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ޝައިޠޯނާ އަންނަނީ މީސްތަކުންނަށް އެކަންކަން ހަނދާން ނެތޭނެ ވަސީލަތްތައް މީސްތަކުންނަށް ފޯރުވަމުންނެވެ. ހަމައެފަދައިން ﷲ ތަޢާލާ ގެންދަވަނީ ﷲ ގެ ތަޢާލާގެ މަގުގައި ބާރަށް ކުރިއަށް ދެވޭނެ މަގުވެސް ދައްކަވަމުންނެވެ.  

މިސާލަކަށް ބަންގިދިނުމާއިމެދު ވިސްނާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އެއްވެސް ބާވަތެއްގެ ތާޅަފިއްޔެއް އަދި އަޑުގަދަކުރާއެއް ނެތެވެ. އަޑަށް ލެވުނުހައި ބާރެއްލާފައި ބަންގިގޮވަނީއެވެ. އަޑުއިވެނީ ދާދިގާތުގައި ތިބި ބައަކަށެވެ. ނަމަވެސް މިއަދު ނިކަން ބަލައިލަބަލާށެވެ! އެތައް ހިސާބެއްގެ ދުރަށް އަޑު ފޮނުވައި މީސްތަކުންނަށް ނަމާދުކުރަން ހަނދާންކޮށްދެވޭނެ މަގު ﷲ ތަޢާލާ ވަނީ ފަހިކޮށްދެއްވަވައިފައެވެ. އޮތީ ބޭނުންކުރަން ކެރުނު ވަރެކެވެ.  

މީގެ އިތުރުންވެސް ނަމާދުވަގުތުވުމުން ސޯޝަލް މީޑިއާއި ޓީވީ އާއި ރޭޑިއޯއާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެންވެސް ނަމާދުކުރަން މިއަދު ހަނދާންކޮށްދެވިދާނެއެވެ.  

ހަނދުމަކޮށްލާށެވެ! ޓީވީބަލަން ބޭނުންނަމަ ބޮޑެތި އެންޓެނާތައް ޖަހަން ޖެހުނެވެ. ބޯތަށިތައް ބަހައްޓަން ޖެހުނެވެ. ނަމަވެސް މިއަދު އަތުގައި އޮތް ފޯނުން އެބަ ބަލައިލެވެއެވެ. ފޯނަށް ސޮފްޓްވެއާރއެއް އެޅުމުން ނަމާދުވަގުތު ޖެހިއްޖެކަން އެބަ އަންގައިދެއެވެ.  

މިވަސީލަތްތަކާއި ފަސޭހަތައް ﷲ ތަޢާލާ ދެއްވެވެވީ ދުނިޔޭގެ އާބާދީ ގިނަވެ މިވަސީލަތްތަކުގެ ބޭނުން ހިފަންޖެހޭނެކަން ދެނެވޮޑިގެންވާތީއެވެ. ބަންގީގެ އަޑު 2 ބިލިއަން މުސްލިމުންނަށް އިއްވަން އެބަޖެހެއެވެ. އަދި އެވަރަކުންވެސް ނުފުދެއެވެ. ދުނިޔޭގައި ތިބި 7 ބިލިއަން މީހުންނަށްވެސް އެއަޑު އިއްވަން އެބަޖެހެއެވެ.  

މީސްތަކުންނަށް ނަމާދުކުރަން ހަނދާންކޮށްދޭށެވެ. އެމީހާ ހަނދާންކޮށްދިނުމުން މީހަކު ނަމާދުކޮށްފިނަމަ ހަނދާންކޮށްދޭ މީހާއަށްވެސް އަޅުކަންކުރި މީހާއަށް އުނިކުރެއްވެވުމެއް ނެތި ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ  

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން