އާދެ! މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝައްވާލް މަހުގެ ރޯދައިގެ މަތިވެރިކަމާ ބެހޭގޮތުން ޙަދީޘްފުޅު ކުރައްވާފައިވޭ . --- " ރަމަޟާންމަހު ރޯދަ ހިފާފަ އެއަށްފަހު ޝައްވާލު މަހުގެ 6 ރޯދަ ހިފައިފި މީހެއް ކަމަށް ވެއްޖެއްޔާމު އޭނައަކީ މުޅި އަހަރުގަ ރޯދަ ހިފި މީހެއްފަދަ މީހެކެވެ.
އާދެ! ދެން ސުވާލު އުފެދޭނެ ބައެއް ބޭފުޅުން، ޙާއްސަކޮށް ބޭކަނބަލުން. އެއީ ޙައިޟުގެ ދުވަސްވަރުގަ ނުވަތަ މައްސަރުގެ ކަންތައްތަކާ ދިމާވެގެން ދޫވެފަ ހުންނަ ރޯދަ އެ ރޯދަ ޤަޟާ ނުކޮށް ޝައްވާލް މަހުގެ ރޯދަ ހިފިދާނެތޯ؟
އާދެ! ޢިލްމުވެރިންގެ މެދުގަ ކޮންމެވެސް ވަރަކަށް ޚިލާފު އުފެދިފަ އޮންނަ މައްސަލައެއް މައްސަލައަކީ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ ރަމަޟާން މަހުގެ ރޯދަ ހިފާފައޭ ޝައްވާލް މަހުގެ ރޯދަ ހިފާނީ. އަދި އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ނޫނެކެ އޭނަޔަށް އެ ޙައިޟު ވެރިންނަށް އަދި ޖާއިޒް އުޖުރެއް އޮވެގެން ރޯދަމަހުގެ ރޯދަ ދޫކޮށްލި މީހަކު ވެއްޖެއްޔާމު އޭނަ އެ ރޯދަ ޤާޟާކުރުމަށް އެބައޮތޭ އަނެއް ރޯދަމަހާ ދެމެދުގަ ވަޤުތު ދެވިގެން. އެހެންވީމަ އޭނަޔަށް އެއްވެސް މަނައެއް ނެތޭ ރޯދަ ހިފުންޝައްވާލް މަހުގެ އެ ޤާޟާ ކުރަންޖެހޭ ރޯދަ ފަހަށް ޖައްސާލާފަ.
އެހެންމެ އޭގެ ދެ ގޮތަކަށް ޢިލްމު ވެރިންގެ މެދުގައި ބަޙުސް ކުރެވިފައިވަނީ. މީގަ ބުނަން އޮތް އެއްޗަކީ މިއިން ކޮންމެ ގޮތަކަށް ޢަމަލު ކުރިކަމުގައި ވިޔަސް އިން ޝާ ﷲ އޭނާގެ ޢަމަލު ރަނގަޅު. ﷲ ސުބުޙާނަހޫ ވަތަޢާލާ އިން ޝާ ﷲ އޭނަގެ ޢަމަލު ޤަބޫލު ކުރައްވާނެ. ސަބަބަކީ، ޙަދީޘްފުޅުގެ މާނައާއި މެދުގަ ޢިލްމުވެރިންގެ މެދުގަ ޚިލާފުވެގެން މި އުޅެނީ. އެއްބައި ބޭކަލުން ވިދާޅުވަނީ އޭގެ މާނައަކީ ރަމަޟާން މަހުގެ ހުރިހާ ރޯދައެއް ހަމަ ކޮށްފަ ދެން (ޘުއްމަ) މާނައަކީ އެއަށްފަހު ،ޝައްވާލްމަހުގެ ރޯދަ ހިފާވާހަކަ އެ އޮތީ.
އަނެއް ބައި ބޭކަލުން ވިދާޅުވަނީ ނޫނެކެ ރަމަޟާންމަހުގެ ޙައިލުވެރިޔާ އަދި ނިފާސް ވެރިޔާ، އަދި ދަތުރު ވެރިޔާ އޭނަ ދޫކޮށްލީ ރޯދަތައް. ޙަޤީގަތުގަ އޭނަ އެދުވަސްކޮޅުގަ ރޯދަ ދޫކޮށްލާފަ ރަމަޟާން މަހުގެ ދެން އޮންނަ ދުވަސްތަކުގަ ރޯދަ ހިފާފަ ވަނީ. އެހެންމަ އޭނަޔަކީ ރަމަޟާންމަހުގަ ރޯދަ ނުހިފާ މީހެކޭ ބުނެވޭކަށް ނެތް ޙަދިޘްގެ މާނައަށް ބަލާއިރު.
ރަމަޟާންމަހު ރޯދަ ހިފާފަ، ދެން އައިއްސަ ޝައްވާލް މަހުގެ 6 ރޯދަ ހިފާ ވާހަކަ މި ޙަދީޘްފުޅުގައި މި އޮންނަނީ . އެހެންމަ އެބޭކަލުން ވިދާޅުވަނީ އޭގެ މާނައެއް ނޫނޭ ރަމަޟާންމަހުގެ ޤަޟާ ކުރަންޖެހޭ ރޯދަވެސް ޤަޟާކޮށްފަ ގެންނާކަށް.
ރަމަޟާންމަހުގެ ރޯދަ ހިފި މީހެއްގެ ގޮތުގާޢޭ ޙައިޟވެރިޔާވެސް ހިމެނެނީ، ނިފާސް ވެރިޔާވެސް ހިމެނެނީ، އޭނަ ރޯދަ ހިފާފަވާ ކަމަށް ވެއްޖެއްޔާ. އުޒުރެއް ދިމާވެގެން އޭނަ ދޫވެފަ އިން ރޯދައެއް އެއީ އެކަމަކުވެސް އޭނަ ރަމަޟާންމަހު ރޯދަ ނުހިފާ މީހެކޭ އެހެން ނުބުނެވޭނެ. އެހެންމަ އޭނާ ޤަޟާ ކުރަން ވަގުތު ލިބިފަ އޮތީމަ އޭނާ ޤަޟާ ކުރަން ފުރުޞަތު އެބައޮތޭ.
އެހެންމަ މީގަ ކޮންމެ ގޮތަކަށްވެސް ހިފިދާނެ ޚިލާފުން އެއްފަރާތް ވާން ބޭނުންވެއްޖެ މީހަކު ވެއްޖެއްޔާމު އޭނައަށް ޤަޟާ ކޮށްފަ ދެން ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަ ހިފޭ ކަމަށް ވެއްޖެއްޔާއި،އެގޮތަށް ހިފުން އެއީ މައްސަލައެއް ނޫން. އޭރުން ޢިލްމުވެރިންގެ މެދުގަ މި އޮތް ޙަދީޘް މާނަ ކުރުމުގެ މި އޮތް ޚިލާފާއި މެދުގަ، އޭނަ އަކަމުން ދުރުވެވުނީ. އަދި އެގޮތަށް ނުހިފޭ މީހަކު ކަމަށް ވެއްޖެއްޔާމު ޤަޟާ ނުކުރެވޭ މީހެއް ކަމަށް ވެއްޖެއްޔާމު އޭނާ އަނެއްކާވެސް ހަމަ ބަލި މީހެއް ކަމަށް ވެއްޖެއްޔާމު އޭނަ ޝައްވާލް މަހުގެ 6 ރޯދަ ހިފާފައި ދެން އޭނަ ޤަޟާ ކުރާ ރޯދަ ފަހަތަށް ޖެއްސިޔަސް މައްސަލައެއް ނޫން.
ދެން ސުވާލަކީ ޝައްވާލް މަހުގެ ރޯދަ ހިފަން ޖެހޭނީ އެކީ އެކަށްޗަކަށްތޯއޭ؟ ނޫން. ޝައްވާލް މަސް މިއޮތީ 30 ދުވަސް ގާތްގަނޑަކަށް. 30 ނުވަތަ 29 ދުވަސް ލިބޭނެ. އެހެންވީމަ އެއިން ކޮންމެދުވަހަކު ހިފިޔަސް ރަނގަޅު. ދެދުވަހުން އެއްދުވަހު ހިފިޔަސް ރަނގަޅު. އެދި އެކިއެކި ދުވަސްތަކަށް ބަހާލައިގެން ޝައްވާލް މަހުގެ 6 ރޯދަ ހިފިޔަސް ރަނގަޅު. އެކީ އެކަށްޗަކަށް ހިފުން ޢީދު ދުވަސް ދޫކޮށްލާފަ ދެން އެކީ އެކައްޗަކަށް ހިފުން ބައެއް ޢިލްމުވެރިން އެއީ އެންމެ ރަނަގަޅު ގޮތް ކަމަށް ވިދާޅުވޭ.
ނަމަވެސް އެމީހަކަށް ބޭނުންގޮތަކަށް މި ކަމުގައިވެސް އިންޝާ ﷲ، ޢަމަލު ކުރެވިދާނެ. އެހެންމަ އެއީ ޝައްވާލްމަހުގެ ރޯދައާ ބެހޭގޮތުން ބުނަން އޮތް އެއަޗަކީ. –
- ޝައިޚް ޝަފީޢު ޢަބްދުﷲ