ސުންނަތް ރޯދަ ހިފާމީހުން ބުރާސްފަތިދުވަހު ހިފަން ފަށަންވީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ސުންނަތް ރޯދަ ހިފާމީހުން ބުރާސްފަތިދުވަހު ހިފަން ފަށަންވީ!

މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މާދަމާ، ބުދަ ދުވަސްކަމުގައި ހަޖެހުމާއި ގުޅިގެން ސުންނަތް ރޯދަހިފާމީހުންނަށް ބުރާސްފަތިދުވަހުން ފެށިގެން ރޯދަހިފަން ފެށޭނެއެވެ. އަދި ބުރާސްފަތި ދުވަހު ހަރޯދަހިފަން ފަށައިފިނަމަ ބުރާސްފަތި ދުވަހު ރޯދަ ހިފުމުގެ ޘަވާބުވެސް ދެއްވަވާނެއެވެ. އިންޝާ ﷲ. ވީމާ ދެ ޘަވާބު ލިބުމަށް ނިޔަތްގަންނާށެވެ.

ފިޠުރުޢީދާއި ގުޅިގެން ރޯދަހިފުން ޙަރާމްވެގެންވަނީ ހަމައެކަނި ފިޠުރު ޢީދު ދުވަހުގައެވެ.

- ޝައިޚް ނަޞްރުﷲ / އިސްލާމީ މަރުކަޒުގެ ކުރީގެ އިސް އިމާމް 

ހޯމަދުވަހާއި ބުރާސްފަތިދުވަހު ރޯދަހިފާ މީހުންވެސް ބުރާސްފަތިދުވަހު ރޯދަހިފަންފަށާށެވެ! ހަރޯދަ ހިފަންވެސް އޮތީ އަވަސްވެގަތުމެވެ. ބުރައަކަށްވާނަމަ ޝައްވާލް މަހަށް ބަހާލައިގެންވެސް ހަރޯދަހިފާށެވެ. 

ދެން އޮތީ ރޯދަ ގެއްލިފައިވާ މީހުންގެ މައްސަލައެވެ. އެމީހުންވެސް އަވަސްވެގަންނަންވީ ގެއްލިފައިވާ ރޯދަތައް ހިފުމަށެވެ. ބައެއް ޢިލްމުވެރިން ބުރަވެލައްވަނީ ފުރަތަމަ ޤަޟާ ރޯދަތައް ހިފައި ނިންމުމަށެވެ. ނަމަވެސް ޤަޟާ ރޯދަ ނުހިފައި ހަރޯދަ ހިފުމަކީވެސް މައްސަލައެއް ނޫންކަމަށްވެސް ޢިލްމްވެރިން ބަޔާންކުރައްވައެވެ. ވީމާ އެކަން އޮތީ އެމީހެއްގެ އިޚްތިޔާރުގައެވެ.

އެކަމާއި ގުޅުން ހުރި ވަރަށް ގިނަ ލިޔުން މިއަދުނޫހުން ވާނީ ގެނެސްދީފައެވެ. އިން ޝާ ﷲ

މިއަދު އޮންލައިން