އާދެ ދެން ޢީދުގެ ތަޙްނިޔާ ކިޔާނެ ގޮތް، އާދެ ޢީދުގެ ތަޙްނިޔާ ކިޔާނެގޮތް ބައެއް ޞަޙާބީ ބޭކަލުންގެ ކިބައިން ވާރިދުވެފައި ވަނީ تَقَبَّلَ اللهُ مِنَّا وَمِنكُم "މީގެ މާނައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ ކިބައިންވެސް އަދި ތިމަންނަގެ ކިބައިންވެސް ޤަބޫލު ކުރައްވާށިއޭ." މާނައަކީ އަޅުގަނޑުމެން ރޯދަމަހުގަ މި ކުރި ހުރިހާ ހެޔޮ ކަންތައްތަކާ، އަޅުގަނޑުމެން ކުރި ރޭއަޅުކަމާ، ކިޔެވި ޤުރުއާނާ، ކުރި ޒިކުރާ، މި ހުރހާ ކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ޤަބޫލު ކުރައްވާށިއޭ.
تَقَبَّلَ اللهُ مِنَّا وَمِنكُم
އެހެންމަ އެއީ އެދުވަހުގެ އެންމެ ބޮޑު ތަޙްނިޔާ ކަމުގައި ބެލެވިދާނެ. އަދި ޢީދުގެ ތަޙްނިޔާވެސް ކިއިދާނެ. ޢީދު މުބާރަކް މިފަދަ ޢިބާރާތަކުން ކިއިދާނެ، އަދި ދިވެހި ބަހުންވެސް ކިއިދާނެ. އުފާވެރި ޢީދުގެ ތަޙްނިޔާ އަރިސްކުރަމޭ.
އެހެންވީމާ މި ޢީދުގެ ތަޙްނިޔާ އަޅުގަނޑުމެން ދަންނަ ހުރިހާ މީހުންނަށް އަރިސްކުރަން ޖެހޭނެ. ޙާއްސަކޮށް އަޅުގަނޑުމެންގެ މައިންބަފައިން، އަނބިދަރިން، ގާތް ތިމާގެ މީހުން، އެއްބަނޑު އެއްބަފާ މީހުން. މި މީސްމީހުންނަށް ޙާއްސަ ސަމާލުކަމެއްދީ، މި މީސްމީހުންނަށް ތަޙްނިޔާ ކިޔާ އެދުވަހުގެ އުފާވެރިކަން ފާޅުކޮށް، ހަދިޔާ ދެވެންޏާމު ހަދިޔާދީ މި ހުރިހާ ކަމެއް ކުރަންޖެހޭނެ. އެ އުފާވެރިކަން ފާޅު ކުރަން ޖެހޭނެ. އެ އުފާވެރިކަން ގެނެސްގަންނަން ޖެހޭނެ އަޅުގަނޑުމެން.
އެހެންވީމަ، ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ އެންމެންގެ ފާފަތައް ފުއްސަވާ އަޅުގަނޑުމެންނަށް ސުވަރުގެ މިންވަރު ކޮށްދެއްވުން.
ޢީދު މުބާރަކް
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.
- ޝައިޚް ޝަފީޢު ޢަބްދުﷲ