ޢީދުނަމާދަށް ދިއުމުގެކުރިންނާ ފަހުން ޢަމަލުކުރަން ހުރި ސުންނަތްތައް-: ޝައިޚް ޝަފީޢު ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ޢީދުނަމާދަށް ދިއުމުގެކުރިންނާ ފަހުން ޢަމަލުކުރަން ހުރި ސުންނަތްތައް-: ޝައިޚް ޝަފީޢު ޢަބްދުﷲ

ދެން ވަރަށް މުޙިއްމު ނުކުތާއެއް އޮތީ، އެއީ ޢީދުގެ ސުންނަތްތައް. ޢީދު ނަމާދަށް ދިއުމުގެ ކުރިންނާއި އަދި ފަހުން އަޅުގަނޑުމެންނަށް ސުންނަތް ވެގެންވާ ކަންތައްތައް. އެކަމަށް އަޅުގަނޑު އިޝާރާތް ކޮށްލާނަން. 

އޭގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ ޢީދު ނަމާދުގެ ކުރިން ޢީދަށް ތައްޔާރު ވުމުގެ ގޮތުން ރަނގަޅަށް ފެންވަރާ ހިނައިގަތުން. ވަރަށް ރަނގަޅަށް ފެންވަރާ ހިނައިގަތުން، އެއަށްފަހު އޭނަ ގައިގަ ހުވަނދު ލުމާއި ގައިގަ މީރުވަސް ދުވާ އެއްޗެހި ލުމާއި، އޭނަގެ ފޭރާންވެސް އިޚްތިޔާރު ކުރާއިރު އާ ފޭރާމެއް، އެއީ ހުދު ފޭރާމަކަށް ވުން އަޢުލާވެގެންވޭ. ހުދު ފޭރާމެއް ނެތިއްޖެ ކަމަށް ވެއްޖެއްޔާމު އޭނަގެ ފޭރާމަކީ އެއީ ސާފު ތާހިރު ރީތި، ސާފު ފޭރާމަކަށް ވާންޖެހޭނެ. ރީތި ސާފު ފޭރާމަކަށް، ސާފުތާހިރު ފޭރާމަކަށް ވާންޖެހޭނެ. އޭރުން އެއީ ގަދަ ސުންނަތަކަށް ވެގެން މިދަނީ. 

އަދި އޭނަގެ ހަށިގަނޑުގަ، ހަޑިގަނޑާ އޭނަގެ ފޭރާމުގަވެސް ހުވަނދު ލާންޖެހޭހެ، ހުވަނދަކީ އެއީ ސެންޓް. ސެންޓް ނުވަތަ އަތަރު. މީރުވަސް ދުވާ އެއްޗެއް ލާންޖެހޭނެ. ބޮލުގަވެސް ފުނާ އަޅާ، ތުނބުޅީގަވެސް ފުނާ އަޅާ އެކަންތައްތައް ކުރުމަކީ އެއީ ޢީދު ނަމާދަށް ތައްޔާރު ވުމުގެ ގޮތުން މާތް ނަބިއޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް ދަސްކޮށްދެއްވާފަވާ އެންމެ މަތިވެރި ސުންނަތް ތަކުގެ ތެރެއިން ހިމެނޭ ސުންނަތްތައް. 

ޢީދުނަމާދަށް ދިއުމުގެ ކުރިން ކަދުރު ކޮޅެއް ކާލަން ޖެހޭނެ. ކަދުރުކޮޅެއް، އެއީ ސުންނަ. އަނެއްކާވެސް އެއީ ވަރުގަދަ ސުންނަތެއް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ. ކަދުރުކޮޅެއް. ކަދުރު ކޮޅެއް ނުލިބޭ ކަމަށް ވެއްޖެއްޔާމު ފޮނި ކާ އެއްޗެއް. ފޮނި ކާ އެއްޗެއްވެސް ނެތިއްޖެއްޔާ އެއްވެސް އެއަޗެއް ނެތް މީހެއް ވެއްޖެއްޔާ ފެން ފޮދެއްވެސް، ފެންފޮދެއް ބޮއެގެން ކަމަށްވިޔަސް އޭނަ އަންނަން ޖެހޭނެ. އެހެންމަ އެއީ ވަރުގަދަ ސުންނަތެއް، ކޮންމެސް އެއްޗެއް، ކޮންމެސް އެއްޗެއް ކާ އެއްޗެއްވިޔަސް ބޯ އެއްޗެއްވިޔަސް އޭނަ ބޭނުންކޮށްގެން އަންނަން ޖެހެނީ. 

ދެން ތަކްބީރު ކިޔަކިޔާ ތިބޭނީ އެއްކަލަ ވަގުތު ޖެހެންދެން. މާނައަކީ އިރުއަރާ ނިމި މިބުނާގޮތަށް ގާތްގަނޑަކަށް 15، 20 އަކަށް މިނެޓް ދަންދެން ހަމަ އެ ތަކްބީރު ރިޕީޓް ކޮށްލަ ކޮށްލާ  އިމާމު މީހާ ކީމަ ފަހަތުން މައުމޫމު މީހުން ކިއުންވެސް މައްސަލައެއް ނޫން އެއީކީ. ދެން ވަކިވަކިން ކިއުން ވެސް މައްސަލައެއް ނޫން އެއީކީ. އެ ތަކްބީރު ރިޕީޓް ކޮށްކޮށް ތިބެންޖެހޭނީ. 

އަޅުގަނޑުމެން އަޅުކަން ކުރަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް. އެހެންމަ އަޅުގަނޑުމެން ތިބި ކޮންމެ ތަނެއްގަ އެ އިލާހު ސުބުޙަނަހޫ ވަތަޢާލާގެ ދީނުގަ ޝަރުޢު ކުރައްވާފައިވާ މިފަދަ ކަންތައްތައް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވާފަވާ މިފަދަ ކަންތައްތައް އަޅުގަނޑުމެން ކުރަން ޖެހޭނެ. 

- ޝައިޚް ޝަފީޢު ޢަބްދުﷲ  

 

 

މިއަދު އޮންލައިން