ތަނަވަސްކަން އިތުރުކުރަން ހޭބޯނާރައި ގިނަ ބައަކު މަސައްކަތްކުރާއިރު އެއީ އެންމެފައިދާހުރިކަންތައް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ތަނަވަސްކަން އިތުރުކުރަން ހޭބޯނާރައި ގިނަ ބައަކު މަސައްކަތްކުރާއިރު އެއީ އެންމެފައިދާހުރިކަންތައް ހެއްޔެވެ؟

އެންމެންހެން ގަދައަޅައި އެންމެ ބޮޑަށް މަސައްކަތްކުރަނީ ތަނަވަސްކަން އިތުރުކުރުމަށެވެ! ދުނިޔޭގެ އެންމެ ބޮޑު ބިލިއަނަރުކަމުގައިވީނަމަވެސް ހިތްފުރޭކަމަކަށްވެސް ނުވެއެވެ. ސުވާލަކީ ޙަޤީޤަތުގައިވެސް އެންމެ ފައިދާހުރި ކަމަކީ ތަނަވަސްކަން އިތުރުވުން ހެއްޔެވެ؟

"ފައިސާވެރިކަން، ނުވަތަ މާލީ ތަނަވަސްކަމަށްވުރެ ޢިލްމުގެ ފައިދާ މާ ބޮޑެވެ. ޢިލްމަކީ ތިބާއަށް އޮތް ރައްކައުތެރިކަމެކެވެ. ތިބާގެ މުއްސަނދިކަން ސަލާމަތްކޮށް ހިމާޔަތްކޮށްދޭނީ ތިބާގެ ޢިލްމެވެ. ކިތަންމެ ވަރަކަށް އެހެން މީހުންނަށް އުނގަންނައިދިން ނަމަވެސް ތިބާއަށް ލިބިފައިވާ ޢިލްމުން އެއްވެސް މިންވަރެއް މަދެއް ނުވާނެއެވެ.

ނަމަވެސް ޚަރަދުކުރާ ވަރަކަށް ފައިސާ ދާނީ މަދުވަމުންނެވެ. ޢިލްމުގެ ޒަކާތަކީ އެހެން މީހުންނަށް އުނގަންނައި ދިނުމާއި ހެޔޮ އަމަލުކުރުމެވެ."

މިއީ ޢަލީގެފާނު ވިދާޅުވެފައިވާ ކަމަށް މަޝްހޫރުވެފައިވާ ވަރަށް އިބްރަތްތެރި ބަސްފުޅެކެވެ. ތިބާ ބޭނުންވާ ގޮތަކަށް ތިބާގެ ނިންމުން ނިންމާށެވެ!

 

 

މިއަދު އޮންލައިން