ދީނަށް ލޯބިކުރާ، ތަޤްވާވެރި ހެޔޮލަފާ އަންބަކު ނުހޯދާ މީހުންނަށް އެމީހުންގެ ދަރިންގެ އަޚްލާޤް ގޯސްވެގެން ޝަކުވާއެއް ނުކުރެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދީނަށް ލޯބިކުރާ، ތަޤްވާވެރި ހެޔޮލަފާ އަންބަކު ނުހޯދާ މީހުންނަށް އެމީހުންގެ ދަރިންގެ އަޚްލާޤް ގޯސްވެގެން ޝަކުވާއެއް ނުކުރެވޭނެ!: މުފްތީ މެންކް

ދީންވެރި، ތަޤްވާވެރި އަންތބަކު އިޚްތިިޔާރުކުރަން އޮތީ ވަރަށް ގިނަ ސަބަބުތަކެއް އޮތުމުންނެވެ. އެއިގެ ތެރެއިން އެންމެ މުހިންމު އެއް ސަބަބަކީ ތަޤްވާވެރިންގެ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުންކަމަށްވާއިރު މިދައްކާ ވާހަކަތަކަށް ފުންކޮށް ވިސްނާށެވެ!

ދަރިން ނުރަނގަޅު ގޮތްގޮތަށް އުޅެން ފަށަން މެދުވެރިވާ ސަބަބަށް ބަލައިފިނަމަ އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ފާހަގަކުރަން ޖެހޭނީ އެކުދިންނަށް ދެވިފައިވާ ތަރުބިއްޔަތެވެ. ތަރުބިއްޔަތުކުރަން ކުރެވޭ މަސައްކަތެވެ. ހަމަ ކަށަވަރުން ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭނީ ތަޤްވާވެރި، ހެޔޮ ލަފާ މަންމައަކަށެވެ. ވީއިރު ތިމާގެ އަނބިމީހާއަކީ ތަޤްވާވެރި ހެޔޮ ލަފާ މީހަކު ކަމުގައި ނުވާނަމަ ދަރިންގެ އަޚްލާޤާއިމެދު ޝަކުވާ ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

މިއީ އަހަރެންގެ ނިންމުމެއް ނޫނެވެ. ޢުމަރުގެފާނުގެ ނިންމެވުމެކެވެ.

ތަޤްވާވެރި ހެޔޮލަފާ އަންބަކު އިޚްތިޔާރުކުރުމަކީ އުފަންވާން ތިބި ދަރިންނަށްޓަކައި ފުރަތަމަ އަދާކުރަންޖެހޭ ޙައްޤެވެ. ވީމާ އެޙައްޤު އަދާކުރެވޭނެ ގޮތަށް ނުވިސްނައި ކައިވެނިކޮށްފިނަމަ ދަރިން ރަނގަލު ގޮތުގައި ތަރުބިއްޔަތު ކުރަން ހުރަސްތައް ކުރިމަތިވާނެއެވެ. ނަމަވެސް ހިތާމައަކީ އެކަމަށް ނުބަލައި ހަމައެކަނި ބޭރުފުށުގެ ރީތިކަމަށާއި ފައިސާވެރިކަމަށް ބަލައިގެން ކައިވެނިކުރެވޭ ކަމެވެ. އަދި އެނޫންވެސް ދުނިޔަވީ ސަބަބުތަކަށްޓަކައި ކައިވެނިކުރެވޭ ކަމެވެ.

މިބަސް މިގޮތަށް ބުނެވުނު ނަމަވެސް މިއީ ހަމަ އަންހެނުންވެސް ވިސްނަން ޖެހޭނެ ކަމެކެވެ. ކައިވެނިކުރުމުގެ ކުރިން އެންމެ ފުރަތަމަވެސް ވިސްނައިލަންވީ ކައިވެނި މިކުރެވެނީ ތިމާއަށް ލިބޭ ދަރިފުޅުގެ މަންމަ ނުވަތަ ބައްޕައަކަށް ވުމަށް އެކަށީގެންވާ މީހަކާއި ކަމާއިމެދުގައެވެ.

މިދަރުސް އަޑުއަހާ މިހާރު ކައިވެނިނުކޮށް ތިބި ހުރިހާ ޒުވާނުންނޭވެ! ކައިވެނިކުރަންވީ ބޭރުފުށުގެ ރިތިކަމަށް ބަލައިގެންނެއް ނޫނެވެ. ދުނިޔަވީ ފައިދާއަށް ވިސްނައިގެނެއް ނޫނެވެ. ބަލަންވީ އެތެރޭގެ ރީތިކަމަށެވެ. ދަރިން ލިބުމުން ދަރިން ތަރުބިއްޔަތުކުރުމުގެ ކުޅަދާނަކަން ހުރިތޯއެވެ. އެކަމަށް އެކަށީގެންވޭތޯއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން