ތެދުވެރިކަން ބޮޑުކަމުން ކުރެވުނު ކައިވެނިފުޅު! އެންމެ ލޯބިގަދަ ކައިވެނިފުޅު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ތެދުވެރިކަން ބޮޑުކަމުން ކުރެވުނު ކައިވެނިފުޅު! އެންމެ ލޯބިގަދަ ކައިވެނިފުޅު!: މުފްތީ މެންކް

އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކޮންމެ ކައިވެނިފުޅަކީވެސް މުހިންމު އަދި އެހައިމެ މަތިވެރިކަން ބޮޑު ކައިވެނިފުޅެކެވެ. ނަމަވެސް އަހުރެންނަށް ބުނެވޭނީ ޚަދީޖަތުގެފާނާއި ކުރެއްވެވި ކައިވެނިފުޅަކީ ޚާއްޞަ ކައިވެނިފުޅެއް ކަމަށެވެ.  

ސަބަބަކީ އެއިރު އަދި ރަސޫލްކަން ލިބިވަޑައެއް ނުގަންނަވައެވެ. ހުންނެވީ ވަރަށް ފަޤީރު ނިކަމެތި ޙާލުކޮޅުގައެވެ. އެކައިވެނިފުޅު ކުރެއްވެވުމަށް ޚަދީޖަތުގެފާނު ޝައުޤުވެރިވެވަޑައިގަތީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތެދުވެރިކަމާއި އަމާނާތްތެރިކަން ބޮޑުކަމުންނެވެ.  

މިއަދުގެ މަޢުޟޫޢުކަމަށްވުމުން ތަކުރާރުކޮށްލާނަމެވެ! ޚަދީޖަތުގެފާނު ރަސޫލް އާއި ކައިވެނިފުޅު ބައްލަވައިގަންވަވަން ބޭނުންފުޅުވެ އެކަން ހުށަހެޅުއްވެވީ ރަސޫލްކަން ލިބިވަޑައިގަތުމުގެ މާކުރިންނެވެ. އެހެނަސް ރަސޫލް ގެ ތެދުވެރިކަން ބޮޑުކަން އެނގިވަޑައިގަތުމުންނެވެ. އެކަން އެނގިވަޑައިގަތީ އެކަމަނާގެ ވިޔަފާރި ޤާފިލާއެއް ޙަވާލުކުރައްވަވައި ޝާމްކަރައަށް ފޮނުއްވެވުމުން ރަސޫލް ދައްކަވައިދެއްވެވި ތެދުވެރިކަން ބޮޑުވުމުންނެވެ. 

ދެން އޮތީ އެންމެ ލޯބިގަދަ ކަމަށް މިބުނާ ވާހަކައެވެ! އެއަސްވުރެ ލޯބިގަދަ ކައިވެނިފުޅަކީ ކޮބައިހެއްޔެވެ؟ 1. ޚަދީޖަތުގެފާނުގެ އެބޮޑު ތަނަވަސްކަން ﷲ ތަޢާލާގެ މަގުގައި ހޭދަކޮށްލެއްވެވިއެވެ. ޚަދީޖަތުގެފާނަކީ ޢުމުރުފުޅުން 15 އަހަރު ދޮށީ ބޭކަނބަލެއް ނަމަވެސް ދުނިޔޭގައި އިންނެވިހައި ދުވަހު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އިތުރު ކައިވެނިފުޅެއް ނުކުރައްވަވައެވެ. 2 ޚަދީޖަތުގެފާނު އަވަހާރަވެވަޑައިގަތުމަށްފަހުގައި އެތައް ބައިވަރު ކައިވެނިފުޅުތަކެއް ކުރެއްވެވިނަމަވެސް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ މުޅި ޢުމުރުފުޅު ހޭދަކުރެއްވެވީ ޚަދީޖަތުގެފާނު ހަނދުމަފުޅުކުރެއްވެވުމުގައެވެ.  

މިއަދު މިއުޅެވެނީ ކިހިނަކުން ހެއްޔެވެ؟ މިއުޅެނީ ތިމާ ގާތުގައި ދުނިޔޭގައި ހުއްޓައިވެސް ލޯބިނުވެވިގެންނެވެ.  

މިއީ މިއަދުވެސް އަހަރެމެން ވިސްނައި ފިކުރުކުރަންޖެހޭނެ ކަމެކެވެ. ކުރާ ކޮންމެ މުޢާމަލާތެއްގައިވެސް ތެދުވެރިވާށެވެ. މަކަރު ނުހަދާށެވެ. އެއިރުން ﷲ ތަޢާލާގެ ރަޙްމަތް އެމީހަކަށް ލިބިގެންދާނެއެވެ. އިން ޝާ ﷲ  

ހަމަ އެއާއިއެކު ބެލުންތައް ތިރިކުރުމަށް އަންހެނުންނަށާއި ފިރިހެނުންނަށް ގަދައަޅައި ނަޞޭޙަތްތެރިވަމެވެ. ކޮންމެހެން ދައްކަންޖެހޭ މިންވަރަށް ނޫނީ ހިލޭ މީހުންނާއި ވާހަކަ ނުދައްކާށެވެ. މިކަންކަމަކީ ހެޔޮގޮތުގައި ޢަމަލުނުކޮށްފިނަމަ ތެދުވެރިކަން ގެއްލިގެން ހިނގައިދާނެ ސަބަބުތައްކަމުގައިވާތީއެވެ.  

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން