ޚުޠުބާ: ޢީދުގަ އޮތީ ﷲ ދެއްވެވި ރަޙްމަތަށްޓަކާ އުފާކުރުން! އުފާކުރަންވާނީ ﷲ ގެ އިންތަކުގަ ތިބެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޚުޠުބާ: ޢީދުގަ އޮތީ ﷲ ދެއްވެވި ރަޙްމަތަށްޓަކާ އުފާކުރުން! އުފާކުރަންވާނީ ﷲ ގެ އިންތަކުގަ ތިބެގެން!

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ފިޠުރު ޢީދުގެ މި އުފާވެރި ދުވަހުގައި، މުސްލިމުން އުފާފާޅުކުރުމަކީ އެދެވިގެންވާ ކަމެކެވެ. ނަމަވެސް ހައްދު ފަހަނައަޅައި ދިޔުމެއްނެތިއެވެ. މިއަދަކީ އެފަދަ އުފާ ފާޅުކުރުމުގެ ދުވަހެކެވެ. މާތް ވަޙީކުރައްވާފައިވެއެވ----- މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ! ގެ فَضُلُ ވަންތަ ކަމާއި، އެކަލާނގެ رَحْـمَة އަށްޓަކައި ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ."

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ކޮންމެ އުންމަތެއްގެ ޢީދަކީވެސް އެ އުންމަތެއް ރަމްޒުކޮށްދޭ ޢަލާމާތެކެވެ. ނަބިއްޔާ z ޙަދީޘްކުރައްވާފައިވެއެވެ: (إِنَّ لِكُلِّ قَوْمٍ عِيْدًا، وَهَـٰذَا عِيْدُنَا)[1] މާނައީ: "ހަމަކަށަވަރުން، ކޮންމެ ބަޔަކަށްވެސް ޢީދެއް ވެއެވެ. އަދި މިއީ އަހަރެމެން މުސްލިމުންގެ ޢީދެވެ." އިސްލާމްދީނަކީ ފިޠުރަތުގެ ދީނެވެ. މުސްލިމުން އެމީހުންގެ ޢީދުގައި އުފާފާޅުކުރަނީ، ހުއްދަކުރެއްވި އިމުގެ ތެރެއިންނެވެ.  

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! މި އުފާވެރި ޢީދު ދުވަހުގައި، އެންމެ މުހިއްމުކަމެއް ދޭން ޖެހޭ އެއްކަމަކީ، އަހަރެމެންގެ އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރުމެވެ. މިއީ އެގުޅުންތައް އާލާކޮށް، ދެމެހެއްޓުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ދަރިން އެމީހުންގެ މައިންބަފައިންނަށް އިޙްސާންތެރިވާށެވެ! މައިންބަފައިން އެމީހުންގެ ދަރިންނަށް ލޯބިދީ، އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރާށެވެ! އަނބިން އެމީހުންގެ ފިރިންނަށް ކިޔަމަންތެރިވާށެވެ! ފިރިން އެމީހުންގެ އަނބިންނަށް އޯގާތެރިވާށެވެ! މުއްސަނދިން ފަޤީރުންނަށް އެހީތެރިވާށެވެ! ބޮޑެތި މީހުން ކުޑަކުދިންނަށް އޯގާތެރިވާށެވެ! ކުޑަކުދިން ބޮޑެތި މީހުންނަށް އިޙްތިރާމުކުރާށެވެ! ވެރިން ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވާށެވެ! އަދި ރައްޔިތުން ވެރިންނަށް ކިޔަމަންތެރިވާށެވެ!    

މިއަދު އޮންލައިން