ނިދާގަޑީގަ ޤުރްއާން ޖެހުމުން ކުރާ ފައިދާތައް ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ނިދާގަޑީގަ ޤުރްއާން ޖެހުމުން ކުރާ ފައިދާތައް ވަރަށް ގިނަ!

ކީރިތި ޤުރްއާނުގެ އަޑު އިވޭ ގޮތަށް ޤުރްއާން ޖަހައިގެން ނިދަން ޖެހިލުންވާ ބައަކު އުޅެއެވެ. ބައެއް މީހުންނަށް ވިސްނޭ ގޮތުގައި ޤުރްއާން ޖަހައިގެން އޮއްވާ ނިދުމުން އެއީ ޤުރްޢާނަށް ފަރުވާކުޑަކެރެވެނީކަމަށް ވެދާނެ ކަމަށްޓަކައެވެ. މިފަދަ ތަފާތު ޚިޔާލުތައް މީހުންނަށް ކުރެވެއެވެ. 

ތިރީގައިވާ ލިޔުމުން އެފަދަ ފަރާތްތަކުގެ ކަންބޮޑުވުން ފިލައިގެންދާނެއެވެ. އިން ޝާ ﷲ 

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ނިދާގަޑީގައި ޤުރުއާން ޖެހުމަކީ ހަމަ ވަރަށް ރަނގަޅު ކަމެކެވެ.  އެކަމުގެ ބޭނުމަކީ އޭނާއަށް ނިދޭއިރުގައި ނިދެނީ ޤުރުއާން އަޑުއަހަމުން އަދި ނިދީގެ ތެރޭގައި އޭނާއަށް ހޭލެވުނުކަމުގައި ވީނަމަވެސް އޭނައަށް މިސާލަކަށް ދެބަދޭތެރެއަށްދިޔަ ކަމުގައި ވީނަމަވެސް ނުވަތަ ކުއްލިއަކަށް ކަމެއް ދިމާވެގެން ހޭލެވުނުކަމުގައި ވީނަމަވެސް އޭނާއަށް އެހޭލެވޭ ގަޑީގައިވެސް ޤުރުއާނުގެ އަޑު އިވޭނެތީއެވެ. 

އަދި އޭނާ ނިދިން ތެދުވާގަޑީގައިވެސް އޭނާއަށް އިވޭނީ ޤުރުއާނުގެ އަޑެވެ. އެހެންވީމާ  އަޅުގަނޑަށް ފާހަގަކުރެވެނީ މިކަމުގެ ސަބަބުން ޚާއްޞަގޮތެއްގައި ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށްލޯބި ޖެހޭފަދަ  ކަމެއްކަމެއްގެ ގޮތުގައެވެ. 

"އަދި ޚާއްޞަގޮތެއްގައި ކުޑަކުދިން ތުއްތުއިރުގައި ޤުރުއާން ހިތުދަސްކޮށްދޭން ބޭނުންކަމަށް ވަނީނަމަ ހަމަ ވަރަށް ރަނގަޅު ފިޔަވަޅެއްކަމުގައި އަޅުގަނޑަށް ފެނޭ އެކުދިން ނިންދަވާގަޑީގައި ޤުރުއާން ޖަހާފައި ބެހެއްޓުން. ޚާއްޞަކޮށް އެކުދިން ކިޔަވަމުން ގެންދާ ހިސާބު ޖަހާފައި ހުރީމައި ގިނަގިނައިން އަޑުއިވުނީމާ އެއީ އެކުދިންނަށް އެފިލާވަޅު ދަސްކުރަން ފަސޭހަވާކަމެއްގެ ގޮތުގައި އަޅުގަނޑަށް ތަޖްރިބާކުރެވިފައިވަނީ." والله أعلم. 

- ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން