ވިސްނާލަން ޖެހޭ ކަމެއް!: އަނބިދަރިންނަށާ ޢާއިލާއަށް އަދި މީސްތަކުންނަށް ރަހުމް ނުކުރާ މީހަކަށް ﷲ ގެ ރަޙްމަތްފުޅެއް ނުލިބޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ވިސްނާލަން ޖެހޭ ކަމެއް!: އަނބިދަރިންނަށާ ޢާއިލާއަށް އަދި މީސްތަކުންނަށް ރަހުމް ނުކުރާ މީހަކަށް ﷲ ގެ ރަޙްމަތްފުޅެއް ނުލިބޭނެ!: މުފްތީ މެންކް

އަހަރެމެން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ އަމިއްލަ ޢާއިލާއަށާއި އެންމެހައި މީސްތަކުންނަށް ރަޙްމްކޮށް އަދި މާފުކުރުމަށެވެ. އޯގާތެރިކަމާއިއެކުގައި އަމަލުކުރުމަށެވެ. އެއްވެސް މީހަކު ތިބާ އާއިމެދު އެއްވެސް ވަރަކަށް ހިތްހަމަނުޖެހިފައި ހުރިކަން އެނގޭނަމަ އެއީ ޢާއިލާގެ މީހަކު ނަމަވެސް ދުރު މީހަކު ނަމަވެސް އެމީހެއްގެ ކުރިމައްޗަށް އަރާށެވެ. އަދި އެމީހާގެ ކިބައިން މާފަށް އެދޭށެވެ. އެމީހަކަށް މާފުކޮށްފިން ކަމަށް ވެސް ބުނާށެވެ! ތިބާ ކުށެއް ނުކުރި ނަމަވެސް މާފަށް އެދޭށެވެ.  

މީސްތަކުންނަށް ރަހްމް ނުކުރާ މީހަކަށް ﷲ ރަޙްމް ނުކުރައްވަވާނެތެވެ!. އެފަދަ މީހަކަށް ﷲ ތަޢާލާ ރަހްމަތުގެ ބެއްލެވުމަކުން ނުބައްލަވާނެތެވެ. މިއީ އަހަރެން ބުނާ ބަހެއް ނޫނެވެ. ރަސޫލް ()ގެ ސުންނަތުން ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ.  

ފެން ބޮވައިގެންފައި އޮތް ކުއްތާއަކަށް ރަޙްމްކޮށް ފެން ދިން މީހަކަށް ސުވަރުގެ ދެއްވެވިކަން އެއީ ހުރިހާ މުސްލިމުން ޤަބޫލުކުރާ ކަމެކެވެ. ކުއްތާއަކީ ޖަނަވާރެކެވެ. ޖަނަވާރަކަށް ފެން ދީގެން ސުވަރުގެ ވަދެވުނުއިރު އިންސާނަކަށް ރަހްމް ކުރުމުން ދެއްވަވާނެ މަތިވެރި ދަރަޖަ އާއިމެދު ވިސްނައިލާށެވެ! 

މީސްތަކުންނޭވެ! ކަން މިފަދައިން އޮތް ނަމަވެސް އެމީހެއްގެ ޢާއިލާއަށް ރަޙްމް ނުކުރާ މީހުން ނެތީހެއްޔެވެ؟ އަނބިދަރިންނަށް ރަޙްމް ނުކުރާ މީހުން ނެތީހެއްޔެވެ؟ މައިންބަފައިންނަށް ރަހްމް ނުކުރާ މީހުން ނެތީ ހެއްޔެވެ؟ ރައްޔިތުންނަށް ރަހްމް ނުކުރާ ވެރިން ނެތީހެއްޔެވެ؟ ނިކަން ބުނެދީބަލާށެވެ! އެފަދަ މީހުން ﷲ ތަޢާލާގެ ރަހްމަތްފުޅަށް އެދޭނީ ކޮން ގޮތަކަށް ހެއްޔެވެ؟ އިންސާނެއް ނަމަ ލަދުވެތިކަމެއްވެސް ހުންނަން ޖެހޭނެ ނޫންހެއްޔެވެ؟ 

މުފްތީ މެންކުގެ ޢީދު ޚުޠުބާއަކުން  

 

މިއަދު އޮންލައިން