އިސްލާމްކަމުގެ ނިޢުމަތަށް ފަހު، ލިބޭނެ އެންމެ މޮޅު އިތުރުވެގެންވާ ނިޢުމަތް-: އިބްނުލް ޤައްޔިމު (ރ)

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އިސްލާމްކަމުގެ ނިޢުމަތަށް ފަހު، ލިބޭނެ އެންމެ މޮޅު އިތުރުވެގެންވާ ނިޢުމަތް-: އިބްނުލް ޤައްޔިމު (ރ)

· ތެދުވެރިކަން: ތެދުވެރިކަމަކީ ތެދުވެރިކަމަކީ އޮޅުވައިނުލުމެވެ. މަކަރު ނެހެދުމެވެ. އިޚުލާޞްތެރިވުމެވެ. ވަފާތެރިވުމެވެ. 

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ. 

"އިސްލާމްކަމުގެ ނިޢުމަތަށް ފަހު، ތެދުވެރިކަމުގެ ނިޢުމަތް ފަދަ މޮޅުއިތުރު ނިޢުމަތެއް ﷲ ތަޢާލާ އެއިލާހުގެ އަޅާއަށް ނުދެއްވައެވެ. އެއީ އިސްލާމްދީނުގެ ދިރުމެވެ. އަދި އަޅާއަށް މެދުވެރިވާނެ އެންމެ ބޮޑު މުޞީބާތްތަކުގެ ތެރޭގައި ދޮގުވެރިކަން ހިމެނެއެވެ. އެއީ އިސްލާމް ދީން ބަލިކޮށް ފަސާދަކޮށްލާ ކަމެކެވެ." 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރައްވާފައިވެއެވެ. 

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَيْكُمْ بِالصِّدْقِ فَإِنَّهُ يَهْدِي إِلَى الْبِرِّ وَهُمَا فِي الْجَنَّةِ وَإِيَّاكُمْ وَالْكَذِبَ فَإِنَّهُ يَهْدِي إِلَى الْفُجُورِ وَهُمَا فِي النَّار"

"ތިޔަބައިމީހުން ތެދުވެރީންގެ ތެރެއިން ވާހުށިކަމެވެ! ފަހެ ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮކަމަށެވެ. އެ ދެ މީހުންވަނީ ސުވަރުގޭގައެވެ. އަދި ތިޔަބައިމީހުން ދޮގުހެދުމުން ދުރުވެ ރައްކާތެރިވާހުށިކަމެވެ! ހަމަ ކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ފާޖިރުކަމަށެވެ. އެ ދެމީހުން ވެސް ވަނީ ނަރަކައިގައެވެ." 

ތެދުވެރިވާންޖެހޭ ބައެއް ކަންކަން މިތަނުގައި ބަޔާންކޮށްލާނަމެވެ. 

·  ބުނާބަހުގައި ތެދުވެރިވުން

·  ނިޔަތުގައި ތެދުވެރިވުން

·  އިޚްލާސްތެރިވުން

·  ޢަމަލުގައި ތެދުވެރިވުން

·  ދީނީ ކަންކަމުގައި ތެދުވެރިވުން

މިއަދު އޮންލައިން