ރަމަޟާން މަސް ވަކިވިނަމަވެސް ރޭއަޅުކަންކުރުމާ ދުޢާކުރުމާ ދުރުހެލިވާން ހެޔޮނުވާނެ! ކޮންމެ ރެއަކު ﷲ މީސްތަކުންގެ ބޭނުންތަކާމެދު ސުވާލުކުރައްވަވާކަން ހަނދާނުގަ ބަހައްޓާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 11ސ
ރަމަޟާން މަސް ވަކިވިނަމަވެސް ރޭއަޅުކަންކުރުމާ ދުޢާކުރުމާ ދުރުހެލިވާން ހެޔޮނުވާނެ! ކޮންމެ ރެއަކު ﷲ މީސްތަކުންގެ ބޭނުންތަކާމެދު ސުވާލުކުރައްވަވާކަން ހަނދާނުގަ ބަހައްޓާތި!

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ރޭއަޅުކަމަކީ ހަމައެކަނި ރަމަޟާންމަހަށް ޚާއްޞަ ކަމެއް ކަމަށެވެ. އާނއެކެވެ! ރަމަޟާން މަހުގެ ރޭތަކުގައި ރޭއަޅުކަންކުރުން ގިނަކުރަންޖެހެއެވެ. ނަމަވެސް ރޭއަޅުކަމަކީ ހަމައެކަނި ރަމަޟާންމަހު ކުރާ އަޅުކަމަކަށް ހަދައިގެން ނުވާނެއެވެ.  

ރަމަޟާން މަސް މިކިޔަނީ އަހަރުގެ 12 މަހުގެތެރެއިން ހިމެނޭ އެންމެ މަހަކަށެވެ. ވީމާ އެމަހާއި ބައްދަލުވެ ދާދިއަވަހަށް ދާދިއަވަހަށް ވަކިވެގެންދާނެއެވެ. ރަމަޟާން މަސް ވަކިވުމުން ގިނަ ބައަކު ކަންނެތްވެ ރޭއަޅުކަމަށް ކަންނެތްވެއެވެ. ނަމަވެސް އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. މިހަދީޘްފުޅަށް ނިކަން ވިސްނައިލަބަލާށެވެ!  

"ކޮންމެ ރެއެއްގެ ތިން ބައިން ފަހު ބަޔަށް ވެފައިވަނިކޮށް، އަޅަމެންގެ ރައްބު تبارك وتعالى ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައި ވަޙީކުރައްވައެވެ. 'ތިމަން އިލާހުގެ ޙަޟްރަތަށް ދުޢާ ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟްރަތުން ކަމަކަށް އެދެނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ. ތިމަންއިލާހުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ފާފަ ފުއްސަވާ ހުށީމެވެ."

[صحيح البخاري (1145) وصحيح مسلم 168 – (758)] 

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ގިނަ ކަންތައްތަކަކަށް ބޭނުންވެގެންވާ މީހެކެވެ. ކޮްމެ ކަމެއްވެސް ޙާޞިލުކުރެވެން މިއޮތީ ﷲ ތަޢާލާ އެކަމެއް ފުއްދަވައިދެއްވެވުމުންނެވެ.  

ތަޢާލާގެ ޙަޟްރަތަށް ދުޢާކޮށް އަދި އެއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދެންނެވުމަކީ ހުރިހާ ވަގުތެއްގައިވެސް މުސްލިމުން އަދާކުރާ، އަދާކުރަންޖެހޭނެވެސް އަޅުކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް ރޭގަނޑުގެ ފަހުބައިގެ ވަގުތުގައި އެކަން އިތުރުކޮށް، އެކަމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެކެވެ. އެހެނީ އެއީ ދުޢާ އިޖާބަކުރެއްވުމުގެ ފުރުޞަތު ތަނަވަސްވެގެންދާ ވަގުތެއްކަން މިބަޔާންކުރި ޙަދީޘްފުޅުން ވަރަށް ސާފުކޮށް އެބަ އެނގިގެންދެއެވެ.  

ތަޢާލާގެ ރަޙުމަތާއި ފާފަފުއްސެވުމަށް އުންމީދުކުރާ ޙާލު، ރޭގަނޑުގެ ތިންބައިން ފަހުބައިގައި ރޭ އަޅުކަމުގައި ހޭދަކުރުމަކީ ޞާލިޙު އަޅުންގެ އާދައެކެވެ.  

ޢަރަބި ޅެންވެރިން އެބޭކަލުންގެ ޅެންތަކުގައި ބުނެއުޅެއެވެ.

سِهامُ اللَيلِ لا تُخطِي

މާނައީ: "ރޭގަނޑު (ދަންވަރު) އުކާ ދުނިދަނޑި އޭގެ އަމާޒަށް ވާސިލު ނުވެ ނުދާނެއެވެ."  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޞާލިޙު އަޅުތަކުންގެ ވާހަކަ ބަޔާންކުރައްވައި، ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ ﴿١٦﴾‏ كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ﴿١٧﴾‏ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾ [سورة الذاريات]

މާނައީ: “އޭގެ ކުރިން ހަމަކަށަވަރުން އެބައިމީހުންވީ އިޙްސާންތެރިން ކަމުގައެވެ. (16) އެބައިމީހުން ނިދާ އުޅުނީ ރޭގަނޑުން ވަރަށް ކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި ހާރުދަމުގައި ފާފަފުއްސެވުމަށް އެދި އެބައިމީހުން ދުޢާ ކުރެއެވެ. (18)”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿ وَالْمُسْتَغْفِرِينَ بِالْأَسْحَارِ﴾‏ [سورة آل عمران ١٧]

މާނައީ: “އަދި (އެބައިމީހުންނީ) ހާރުދަމުގައި ފާފަފުއްސެވުން އެދި ދުޢާކުރާ މީހުންނެވެ.”

އަދި ހާރުދަމުގެ ވަގުތުގައި ދުޢާކުރާ އަޅުތަކުންނަށް، ﷲ ތަޢާލާ އިޖާބަދެއްވާނޭކަމުގެ އުފާވެރިކަމުގެ ޚަބަރު ނަބިއްޔާ صلى الله عليه وسلم ވަނީ ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ» [صحيح البخاري (1145) وصحيح مسلم 168 – (758)]

 

މާނައީ: “ކޮންމެ ރެއެއްގެ ތިން ބައިން ފަހު ބަޔަށް ވެފައިވަނިކޮށް، އަޅަމެންގެ ރައްބު تبارك وتعالى ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައި ވަޙީކުރައްވައެވެ. ‘ތިމަން އިލާހުގެ ޙަޟްރަތަށް ދުޢާ ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟްރަތުން ކަމަކަށް އެދެނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ. ތިމަންއިލާހުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ފާފަ ފުއްސަވާ ހުށީމެވެ.”

މީސްތަކުން ޣާފިލުވެފައިވާ އެ މަތިވެރި ވަގުތުގައި ދުޢާކޮށް އަޅުކަންކުރުމުގެ ތައުފީޤު ލިބިއްޖެ މީހަކަށް ހުރި ކާމިޔާބީގެ ބޮޑުކަމާއެވެ!

ދުޢާއަކީ އަޅަމެންނީ އެ ވަގުތުގައި ފާފަފުއްސެވުމަށް އެދި، ﷲ ތަޢާލާގެ ޙަޟްރަތަށް ގިނަގިނައިން ދުޢާކުރުމުގެ ހެޔޮ ތައުފީޤު ލިބިގެންދާ ބަޔަކުކަމުގައި ލެއްވުމެވެ! އާމީން

 

 

މިއަދު އޮންލައިން