އަޑާ އައްޔަށްވުރެ މާބާރުމިނުގަ ސުވަރުގެ ވަދެވޭނެ މީހަކަށްވާން ބޭނުންވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
އަޑާ އައްޔަށްވުރެ މާބާރުމިނުގަ ސުވަރުގެ ވަދެވޭނެ މީހަކަށްވާން ބޭނުންވޭތަ؟

ޓެކްނޮލޮޖީ ކުރިއަރައިފިއެވެ. ދަތުރުފަތުރުކުރުން ބޮޑުތަނުން ފަސޭހަވެއްޖެއެވެ. ދާދި ފަހަކާއި ޖެހެންދެންވެސް ޙައްޖުވުމަށް ކުރާ ދަތުރަކީ އެނބުރި އަންނަން އަހަރެއްހައި ދުވަސް ހޭދަކުރަންޖެހޭ ދަތުރެކެވެ. ނަމަވެސް މިއަދު ކޮޅަކަށް ބޭނުންވަނީ އެންމެ ދެގަޑިއެއްހައި އިރެވެ. އެވަރުންވެސް މިއޮންނަނީ ދަތުރު ލަސްކަމަށްވެފައެވެ.   

ބައެއް ޤައުމުތަކުގައި އެއާޕޯޓަށް ދާން ގަޑި ދެގަޑިއިރު ނަގައެވެ. ނަމަވެސް ހައިވޭ ހަދައި ޓްރެފިކް ލައިޓުގައި މަޑުކުރަން ނުޖެހި ދެވޭނެ ގޮތް ހެދުމުން 15 ވަރަކަށް މިނީޓުން އެބަ ދެވެއެވެ. ދަތުރުކުރުވެފައި މަގު ފަސޭހަވުމުން އެންމެންވެސް ތިބެނީ އުފަލުންނެވެ. 

ހިތަށް ގެންނަންވީ ޤިޔާމަތް ދުވަހެވެ. ވިސްނައިލަންވީ އެދުވަހު ސުވަރުގެއަށް ދިއުމަށް އުންމީދުތައްކޮށްގެން މިކުރާ މަސައްކަތަށެވެ. މި މަސައްކަތް ކާމިޔާބު ކުރެވި އެއްވެސް މަގު ބަންދުވުމެއް ނެތި ވިދާލާ ވިދުވަރެއް ފަދައިން ސުވަރުގެއަށް ދަތުރު ކުރުމުގެ ފުރުޞަތު ލިބިއްޖެ ނަމަ ލިބޭނެ އުފާވެރި ކަމަށެވެ. އުމުރުގެ ހުރިހާ ދުވަހަކު ކިތަންމެ ގިނަފަހަރު ކޮންމެ ދުވަހަކު ހައިވޭ ހުރަސްކޮށް އެކަމުން އުފާ ޙާޞިލުކުރުމުން ލިބޭނެ އުފަލަށްވުރެ އެތައް ހާސް ގުނަ ބޮޑު އުފަލެއް ސުވަރުގެއަށް އެފަދަ ދަތުރެއް ކުރެވިއްޖެ ނަމަ ލިބޭނެއެވެ. 

މީސްތްކުންނޭވެ! ކާރުގައި ދަތުރުކުރަން ޕެޓްރޯލް އަޅަން ޖެހެއެވެ. ޕެޓްރޯލް އަޅަން ޕަމްޕުތަކަށް މަޑުކުރަން ޖެހެއެވެ. ޕެޓްރޯލް އަޅައިގެން ނޫނީ ދަތުރެއް ނުކުރެވޭނެއެވެ.  ސުވަރުގެ އަށް ކުރަން އޮތް ދަތުރަކީ ވެސް ހަމަ މިފަދަ ދަތުރެކެވެ. ސުވަރުގެއަށް ކުރާ ދަތުރުގައި މަޑުކުރަން ޖެހެނީ މިސްކިތްތަކަށެވެ. މުސައްލަމަތީގައެވެ. ދަތުރު ކުރުމުގެ ބާރު ލިބިގަންނަން ޖެހެނީ މިސްކިތްތަކުންނެވެ. މިސްކިތްތަކަށް ވަދެ ކުރާ އަޅުކަމުންނެވެ. 

މިބަހުގެ މާނައަކީ ގޭގައި ނުވަތަ އެނޫންވެސް ތަންތަނުގައި ކުރާ އަޅުކަމުގެ ފައިދާއެއް ނެތުމެއް ނޫނެވެ. މިސްކިތް "މަސްޖިދު" މިނަން އުފެދިގެން އަންނަނީ ސަޖިދަކުރުމުންނެވެ. ވީމާ އެމީހާ ﷲ ތައާލާއަށް އަޅުކަންކުރާ ކޮންމެ ތަނަކީވެސް މަސްޖިދު ކަމަށް ބުނެވިދާނެއެވެ. ވިސްނަން ޖެހޭނެ ކަމަކީ ޖަމާއަތުގައި ކުރަން ޖެހޭ އަޅުކަން މީސްތަކުން އެއްތަނަކަށް އެއްވެ ތިބެގެން ކަމެވެ. މިސްކިތްތަކުގެ ނަމުގައި ތަންތަން ހަދަނީ އެބޭނުމަށެވެ. އަދި އަޅުކަން ކުރަން ފަސޭހައިން ތިބެވޭނެ ކަމެއް ހުރުމުގެ ބޭނުމުގައެވެ. 

ވީމާ އަހަރެމެން ގަދައަޅައި މަސައްކަތްކުރަންވީ ސުވަރުގެއަށް ކުރަން އޮތް ދަތުރު ފަސޭހަކުރުމަށެވެ. އެކަން ކުރެވޭނީ މިސްކިތްތަކާއި ގުޅުން ބަދަހިކުރި ވަރަކުންނެވެ. މިސްކިތުގައި މަޑުކޮށް އަޅުކަން ކުރުން ގިނަކުރިވަރަކުންނެވެ. ގޭގައި ނަމަވެސް އަޅުކަމުގައި ހޭދަކުރާ ވަގުތު ގިނަކުރިވަރަކުންނެވެ. މިދެއްކި ހުރިހާ ވާހަކަތަކެއްގެ މަޤްޞަދަކީވެސް ހަމައެއީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން