ޙަޤީޤީ ހިތްހަމަޖެހުމާ ތަޤްވާވެރިކަމާ ދިމާއަށް ދެވޭނެ ހަމައެކަނި މަގު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޙަޤީޤީ ހިތްހަމަޖެހުމާ ތަޤްވާވެރިކަމާ ދިމާއަށް ދެވޭނެ ހަމައެކަނި މަގު: މުފްތީ މެންކް

އެންމެ ގިނަބައަކު ކަންބޮޑުވެ ސުވާލުކުރަނީ ތަޤްވާވެރިކަން އިތުރުކުރެވޭނެ ގޮތަކާއިމެދުގައެވެ. ހިތަށް ހަމަޖެހުމާއި އުފާވެރިކަން ހޯދޭނެ ގޮތަކާއިމެދުގައެވެ. އެހެންވެ އަހަރެންގެ ބަސް އަނެއްކާވެސް ތަކުރާރުކޮށްލާނަމެވެ. 

ތަޤްވާވެރިކަން އިތުރުކުރަން އެދޭމީހާ ޤުރްއާން ކިޔެވުން ގިނަކުރާށެވެ. ޤުރްއާން އުނގެނެން މަސައްކަތްކުރާށެވެ. ހިތަށް ޙަޤީޤީ ހަމަޖެހުމާއި އުފާވެރިކަން ބޭނުން މީހާ ﷲ ތަޢާލާ މަތިން ހަނދުމަކުރުން ގިނަކޮށް ﷲ ތަޢާލާ އާއި ކުތައްނަވުމަށް ކުރާ މަސައްކަތް އިތުރުކޮށްލާށެވެ. 

ﷲ ގަންދީ ބުނަމެވެ. ތަޤްވާވެރިކަން އިތުރުކުރެވޭނީވެސް ހިތަށް ހަމަޖެހުން ހޯދޭނީވެސް މިބުނިމަގުންނެވެ. އަހަރެން މިބުނަނީ މިކަންކަމަށް ކީރިތި ޤުރްއާނުން ފެންނަން އޮތް ގޮތެވެ. ވީއިރު މިނޫން ގޮތަކުން މަޤްޞަދު ޙާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ވީމާ ދުވަސްފަށަން ކުރާކަމަކަށް ކީރިތި ޤުރްއާން ކިޔަވާށެވެ. ދުވަސް ނިންމަން ކުރާކަމަކަށް ޛިކުރުކުރުން ހަދާށެވެ. 

މީހުންގެ ބަސް ޤަބޫލުކުރެވި ހިތްހަމަޖެހުން ހޯދަން މިނޫން ކަންކަން ކިތަންމެ ގިނައިން ކުރިނަމަވެސް ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ވަގުތީ ގޮތުން ކުޑައިރުކޮޅަކަށް ހިތްހަމަޖެހުނު ނަމަވެސް އުޅެންޖެހޭނީ ހަމަ ހިތްހަމަނުޖެހުމުގެ ތެރޭގައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން