އަހުރެމެންނަށް މިއުޅެނީ އަނބިދަރިންގެ ބޭނުންވާ ކަންކަން އޮޅުން ނުފިލުވިގެންނެވެ! އެކަމަކު ﷲ ތަޢާލާ ކޮންމެ ރެއަކު އަހުރެމެން އެންމެން ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކުރައްވަވަތެވެ!

ކިޔުމަށް ހޭދަވާނީ 3މ 39ސ
އަހުރެމެންނަށް މިއުޅެނީ އަނބިދަރިންގެ ބޭނުންވާ ކަންކަން އޮޅުން ނުފިލުވިގެންނެވެ! އެކަމަކު ﷲ ތަޢާލާ ކޮންމެ ރެއަކު އަހުރެމެން އެންމެން ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކުރައްވަވަތެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ޤުދުސީ ޙަދީޘެއްގައިވެއެވެ. 

"يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا، حِيْنَ يَبْقَى ثُلُثُ اللَّيْلِ الْأَخِيْرِ، فَيَقُوْلُ: مَنْ يَّدْعُوْنِيْ فَأَسْتَجِيْبَ لَهُ، مَنْ يَّسْأَلُنِيْ فَأُعْطِيَهُ، مَنْ يَّسْتَغْفِرُنِيْ فَأَغْفِرَ لَهُ، حَتَّى يَطْلُعَ الْفَجْرُ" 

މާނައީ: "ކޮންމެ ރެއެއްގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެންބަސްވަޙީ ކުރައްވާނެއެވެ. “ތިމަން ﷲއަށް ދުޢާ ކުރަނީ ކާކުތޯއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާނަމެވެ. ތިމަން ﷲއަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ. އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ފާފަ ފުއްސެވުން އެދި ތިމަން ﷲ ގެ ޙަޟްރަތަށް ދަންނަވަނީ ކާކުތޯއެވެ. އެމީހެއްގެ ފާފަ ފުއްސަވައި ދެއްވާނަމެވެ. އެގޮތުގައި ފަތިސްވަންދެން ދެމިވޮޑިގެންވެއެވެ". 

އަހުރެމެންނަށް އޮތީ އެގަޑީގައި (ރޭގަނޑުގެ ފަހުދަންފަޅީގައި ހޭލައި އެމީހަކު ބޭނުންވާ ކަމެއްގެ ވާހަކައިން ދަންނަވައި ދުޢާކުރުމެވެ. 

ރޭއަޅުކަން ކުރުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވޮޑިގަންނަވާ ސުންނަތް އަޅުކަމެވެ! 

ﷲ ތަޢާލާ ސަޖިދަ ސޫރަތުގެ 16 އަދި 17 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

﴿تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ * فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴾ 

މާނައީ: "އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލު، އެބައިމީހުންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެބައިމީހުންނަށް ދެއްވި ތަކެތީން، އެބައިމީހުން ހޭދަކުރެތެވެ. ފަހެ، އެބައިމީހުންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ."

މިއަދު އޮންލައިން