ރަމަޟާން މަހުކުރި ބުރަ މަސައްކަތް ގެއްލިގެންދާން ނުއެދޭނަމަ އަނގަ ބަންދުކުރަން ޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ރަމަޟާން މަހުކުރި ބުރަ މަސައްކަތް ގެއްލިގެންދާން ނުއެދޭނަމަ އަނގަ ބަންދުކުރަން ޖެހޭނެ!: މުފްތީ މެންކް

ރަމަޟާން މަހު ކުރި ހެޔޮ އަމަލުތަކުގެ ސަވާބު ފުރިހަމަ ގޮތުގައި ޤިޔާމަތް ދުވަހު ލިބުމަށް އެދޭނަމަ އެމީހެއްގެ އަނގަ ބަންދުކުރަން ޖެހެއެވެ. ދުލުން ބުނާ ބަސްތަކަށް ބިރުވެތިވާން ޖެހޭނެއެވެ. ނޫން ނަމަ އެހައި ބުރަ މަސައްކަތުން ކުރި ހެޔޮ އަމަލުތައް ދާނީ ބާޠިލުވަމުންނެވެ.

ރަމަޟާން މަހު ކުރި ހެޔޮ އަމަލުތަކަކީ ތިމާއަށް ޤިޔާމަތް ދުވަހު ފައިދާ ކުރާނެ އަމަލުތަކެއްގެ ގޮތުގައި ދަމަހައްޓަން ބޭނުންނަމަ ތިމާ އާއި ނުބެހޭ ކަންކަމުގެ ވާހަކަތައް ނުދައްކާށެވެ! މީސްތަކުންގެ އަމިއްލަ ކަންކަމުގެ ވާހަކަތައް ނުދައްކާށެވެ. ޣީބައަކަށް ވެދާނެ އެއްވެސް ވާހަކައެއް ނުދައްކާށެވެ!

ތިބާ ކުރި ހެޔޮ އަމަލުތައް ބާޠިލުވެދާނެ ކަމަށް މިބުނަނީ ތިބާއަށް ދެކެވޭ ވާހަކަތަކުގެ ސަބަބުން އެހެން މީހުންނަށް ބަދަލުދޭން ޖެހި ތިބާ ކުރި ހެޔޮ އަމަލުތައް ތިބާގެ އަތުން ބީވެގެން ހިނގައިދާނެ ކަމުގެ ބިރަށެވެ. އެއީ އެއްވެސް މީހަކު އެދޭނެ ގޮތެއް ނޫނެވެ.

ވީމާ ތިމާގެ އަނގައަށް ކޮންމެ މީހަކުވެސް ސަމާލުކަން ދޭށެވެ. ބޭކާރު ވާހަކަތައް ނުދައްކާށެވެ. ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ! ޛިކްރުކުރުން ގިނަކުރާށެވެ. އެއިރުން ސަވާބު ދާނީ އިތުރުވަމުންނެވެ. ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބޭނީ އެއިރުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން