ހިތްހުޅުވާލައި ފުންކޮށް ވިސްނައިލާށެވެ! ތަޤްވާވެރިކަމުގައި ކުރިއަށްދާން މީހަކު މަސައްކަތްކުރާނަމަ އެމީހަކަށް މަގުފަހިކޮށްދެއްވަވާނެތެވެ. އެއީ ޔަޤީންކަމާއިއެކު އެނގެން އޮތް ކަމެކެވެ.
"ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ރަމަޟާން މަހު (ރޯދައަށް ތިބޭއިރު) އަހަރެމެން އެންމެން މިތިބެނީ ޙަލާލު ތަކެތި އަހަރެމެންގެ ކުރިމަތީގައި ހުންނައިރުވެސް ނުކައި ނޮބޮއެވެ. ވީއިރު ރަމަޟާން މަސް ނިމުމުން ބާކީ އޮތް 11 މަސް ދުވަހު ﷲ ތަޢާލާ ޙަރާމްކުރެއްވެވި ތަކެތި ނުކައި ނުބޮއެ ނުތިބެވެންވީ ކީއްވެގެން ހެއްޔެވެ؟
ރަމަޟާން މަހު އަހަރެމެން ތިބެނީ ހަމަ އެންމެ ފާފައެއް ވެސް ނުކޮށެވެ. ފާފައަކަށްވެދާނެ ހުރިހާ ކަމަކާއި ދުރުހެލިވެގެންނެވެ. ހަމަ އެއާއިއެކު ވީހައި ގިނައިން ހެޔޮ އަމަލުތައް ކުރީމުއެވެ. ވީއިރު ރަމަޟާން މަސް ނިމުމުން ފާފަ ނުކޮށް ނުތިބެވެންވީ ކީއްވެގެންހެއްޔެވެ؟
ތިބެން ބޭނުން އެންމެންނަށް ތިބެވޭނެއެވެ. އެއީ ހަމަ ވަރަށް ބޮޑަށް ޔަޤީން ކަމެކެވެ. ބޭނުންވަނީ ރަމަޟާން މަހު ﷲ ތަޢާލާއަށް ބިރުވެތިވީ މިންވަރަށް އެހެން މަސްތަކުގައި ވެސް ބިރުވެތިވުމެވެ. ހިތުގެ އިޚްލާޞްތެރިކަމެވެ."
--މުފްތީ މެންކުގެ ދަރުސަކުން