ރޯދަމަހު ދަމުނަމާދުކުރިހާ ދިގުކޮށް ނުކުރެވޭނަމަ ދަމުނަމާދުގަ އެންމެ 2 ރަކްޢަތްކުރި ނަމަވެސް ފުދޭނެ! މުހިންމީ އަބަދުވެސް ކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ރޯދަމަހު ދަމުނަމާދުކުރިހާ ދިގުކޮށް ނުކުރެވޭނަމަ ދަމުނަމާދުގަ އެންމެ 2 ރަކްޢަތްކުރި ނަމަވެސް ފުދޭނެ! މުހިންމީ އަބަދުވެސް ކުރުން!

ރަމަޟާން މަހު ވަރަށް ދިގުކޮށް އިމާމާއިއެކު ދަމުނަމާދުކޮށްފީމުއެވެ. ދެން އޮތީ އެކަނި ހުރެ ނުވަތަ ދެމަފިރިން އެކުގައި ނުވަތަ ޢާއިލާ އެކުގައި ކުރުމެވެ. ދަމުނަމާދުކުރުމުގެ ވާހަކަދައްކާއިރަށް ގިނަ ބައަކަށް ހީވަނީ އެއީ ވަރަށް ބޮޑު ކަމެއްހެންނެވެ. ވަރަށް ގިނަ ރަކްޢަތްކުރަންޖެހޭނެ ކަމަށާއި ކޮންމެ ރަކްޢަތެއްގައި ވަރަށް ދިގުކޮށް ކިޔަވަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.

ދިގުކޮށް ކުރެވެން ނެތްމީހާ އެންމެ 2 ރަކްޢަތް ކުރިނަމަވެސް ފުދޭނެއެވެ. އަދި ޤުރްއާނުން ފަސޭހަ މިންވަރަކަށް ކިޔަވަންވީއެވެ. ކޮންމެހެން ދިގުކޮށް ކިޔަވާކަށް ނުޖެހެއެވެ. އެކަމުގައި އޮތީ އެމީހަކަށް ކެރިކުޅަދާނަވީ މިންވަރެކެވެ.

ދެން ކޮށްލުން މުހިންމު ކަމަކީ އެހެން ނަމާދުތަކަށްވުރެ ރުކޫޢާއި ސުޖޫދު ދިގުކޮށްލުމެވެ. އެކަންކުރަންވެސް އޮތީ އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކަށެވެ.

ދެން ބަލައިލަންވީ ދުޢާކުރުމަށެވެ. ރަސޫލް ﷺ ކުރެއްވެވި ދުޢާތައް ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ދަސްކުރަން ބޭނުންނަމަ ދަސްކޮށްލާށެވެ. ނުއެނގޭނަމަ އެމީހަކު ބޭނުން ދުޢާއެއް ކުރާށެވެ. އެމީހަކު ބޭނުންވާ ކަމަކަށް އެދި ދުޢާކުރާށެވެ. އެމީހެއްގެ ބަހުންވެސް ކުރެވޭނެއެވެ.

ވީމާ އެކަނިހުރެ ދަމުނަމާދުކުކުރުމަކީ ބުރަކަމެއްކަމަށް ނުދެކޭށެވެ. އެއީ ވަރަށް ލުއިކޮށްވެސް ކުރެވެން އޮތް ކަމެކެވެ. މުހިންމީ ދަމުނަމާދުކުރުމެވެ. ރަމަޟާން މަސް ނިމުމުން ދަމުނަމާދުކުރުން ހުއްޓާނުލުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން