ގޭމްކުޅެން ދެވިހިފުމުގެ ނުރައްކާތެރިކަން ބަރަހަނާ ބެލުމަށްވުރެވެސް މާބޮޑު! ﷲ ތަޢާލާގެ ރަޙްމަތް އުނިވެގެންވެސްދޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ގޭމްކުޅެން ދެވިހިފުމުގެ ނުރައްކާތެރިކަން ބަރަހަނާ ބެލުމަށްވުރެވެސް މާބޮޑު! ﷲ ތަޢާލާގެ ރަޙްމަތް އުނިވެގެންވެސްދޭ!: މުފްތީ މެންކް

ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިން އުފައްދާފައި ހުންނަ ގޭމްކުޅުމަކީ ހުއްދަ ކަމެކެވެ. ވީމާ ލިބޭ ހުސްވަޤުތެއްގައި ގޭމެއް ކުޅެނުލާކަށް ނުބުނަމެވެ. ނަމަވެސް މިދައްކަނީ ގޭމްކުޅެމުންގޮސް ދެވިހިފީމާ ކުރިމަތިވާ ނުރައްކާތެރިކަމުގެ ވާހަކައެވެ.

ގޭމްކުޅެން ދެވިހިފުމުގެ ނުރައްކާތެރިކަން ބަރަހަނާ ބެލުމަށްވުރެވެސް މާބޮޑުވެގެންދާކަމަށްބުނެފިނަމަ ބައެއް މީހުންގެ ހިތުގައި ސުވާލުތަކެއް އުފެދިގެންދާނެއެވެ. ހިތަށް އަރާނެއެވެ. "ބަރަހަނާ މްންޒަރު ބެލުމަކީ ޙަރާމްކަމެކެވެ. ގޭމްކުޅުމަކީ ހުއްދަކަމެކެވެ. އެހެންވީއިރު ގޭމްކުޅުމަކީ ބަރަހަނާ ފިލްމް ނުވަތަ މަންޒަރުބެލުމަށްވުރެ ނުރައްކާތެރިކަންބޮޑުކަމަށްވާންވީ ކީއްވެގެންހެއްޔެވެ.؟"

އެކަން މެދުވެރިވާ ސަބަބަކީވެސް އެގޮތަށް ވިސްނޭކަމެވެ. ގޭމްކުޅުމަކީ ފާފައެއް ނޫންކަމަށް ބަލައި އެކަންކުރަމުންގޮސް ދެވިހިފަނީއެވެ. ލިބޭ ހުރިހާ ހުސްވަޤުތުތަކެއްގައި އެކަންކުރެވެނީއެވެ. ރޭގަނޑުގެ ނިދިނަގާލާފައި ހޭލާ އިނދެގެންވެސް އެކަން ކުރެވެނީއެވެ.

ގޭމްކުޅެންހަދައިގެން ނަމާދުގެ ޖަމާޢަތަށްދާން ހަނދާންނެތޭ ބައަކު އެބައުޅެއެވެ. ޢާއިލީ ޒިންމާތަކުގެމަތިން ހަނދާން ނައްތާލައި ފަރުވާކުޑަކުރެވޭ ބައަކުވެސް އެބައުޅެއެވެ. ދެން އޮތީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. މުސްލިމުންނަކީ އަޅުކަމުގައި ހޭދަކުރާ ވަޤުތުތަކުގެ އިތުރުންވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރަންޖެހޭނެ ބައެކެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަނުކޮށް ގިނަ ވަޤުތުތަކެއް ހޭދަކޮށްގެން ނުވާނެއެވެ. ނަމަވެސް ގޭމްކުޅޭ ވަޤުތު އެނޫން އެއްވެސް ކަމެއް ހަނދާނެއް ނުކުރެވޭނެއެވެ. ވީމާ މީހާއަށް އެދެވެނީ ﷲ ތަޢާލާ އާއި ދުރުހެލިވެވެމުންނެވެ.

ވިސްނައިލާށެވެ! އެއްވެސް މީހަކު ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްފިނަމަ އެމީހެއްގެމަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވަތެވެ. ވީމާ އަހުރެމެން މުސްލިމުން ވާންޖެހޭނީ އެމީހެއްގެ މަތިން ވީހާގިނައިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާނެ މީހަކަށްވުމަށެވެ. އެއިރުން އެމީހަކަށް ލައްވަވާނެ ރަޙްމަތް އިތުރުވެގެންދާނެއެވެ! އިން ޝާ ﷲ

--މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން