"ހާރުކެއުމާއި، ހާރުކެއުން ލަސްކުރުމާއި ރޯދަވީއްލުން އަވަސްކުރުން ސުންނަތް ވެގެންވަނީ ހަމައެކަނި ރަމަޟާންމަހަކަށް ނޫނެވެ. ރޯދަހިފާނަމައެވެ. ވީމާ ރަމަމާން މަހަށްފަހުގައި ސުންނަތް ރޯދަތައް ހިފާއިރުވެސް އެކަންކަމަށް ސަމާލުކަންދޭންވާނެއެވެ."
ރޯދަވެރިޔާ ހާރުކެއުން އެއީ ސުންނަތްވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
”تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَة” (رواه البخاري ومسلم)
މާނައީ: "ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތްތެރި ކަމެއްވެއެވެ."
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(إِنَّ فَصْلَ مَا بَيْنَ صِيَامِنَا وصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَر) (رواه مسلم)
މާނައީ: "އަހަރެމެންގެ ރޯދައާއި ފޮތުގެ އަހުލުވެރިންގެ (އެބަހީ؛ ޔަހޫދީންނާއި ނަޞާރާއިންގެ) ރޯދައާއި ދެމެދުގައިވާ ތަފާތަކީ ހާރުކެއުމެވެ."
- ޝައިޚް އިބްރާހީމް ފަރީދު އަހްމަދު